Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި 4 މީހަކު ހޯދަނީ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލައެއްގައި 4 މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

ފުލުހުން ހޯދުމަށް އިޢުލާންކުރި 4 މީހުންނަކީ ޙަސަން ނަބީލް، ގއ. ކަނޑުހުޅުދޫ / ފެހިއައްސޭރި (43އ), އިބްރާހީމް ރަޝާދު، ތ. މަޑިފުށި / މިޝަން (41އ), ޢަލީ ޝަމީމް، ކ. މާލެ / ދަފްތަރު ނަންބަރު ރސ. 8136 (58އ) އަދި ޔޫނުސް ޢަބްދުއްރަޙްމާން، ގއ. ގެމަނަފުށި / ގުމްރީގެ (24އ) އެވެ.

ފުލުހުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މި 4 މީހުންވެސް ހޯދަން އިޢުލާންކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.

އަދި މި 4 މީހުންވެސް ޕޮލިހުންގެ "ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ" ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ޖޫން 23 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް ޕޮލިހުންވަނީ އިޢުލާނުގައި ބުނެފައެވެ.

މި ލިއުމާއި ގުޅޭ