Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަންޑާރަނައިބު އޮފީސް

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ: އާ 78 ބިލާއި އެކު ޖުމްލަ 213 ބިލު ހުށަހަޅަނީ

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި މުޅިން އާ 78 ބިލާއެކީ 213 ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ 2028 ގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ 213 ބިލު އެކުލަވާލާފައިވާ ކަމަށާއި އޭގެތެރޭގައި މުޅިން އަލަށް 78 ބިލެއް ހިމަނާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދިޔައީ ކަމާ ބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އުޝާމް ވިދާޅުވީ މި ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލުމުގައި ޖުމްލަ ހަ ކަމަކަށް ރިއާޔަތްކޮށްފައިވާނެކަމަށާއި، ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގަނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި 135 ބިލެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލްތަކަކީ:

  • ގައުމީ ސަލާމަތާއި ހާރިޖިއްޔާ - 15 ބިލު
  • ސިއްހަތާއި ދުޅަހެޔޮކަން - 11 ބިލު
  • ބިމާއި މުދަލާއި އުމްރާނީ ތަރައްގީ - 11 ބިލު
  • ދުސްތޫރީ އަދި ގާނޫނީ ކަންކަން - 15 ބިލު
  • ތައުލީމާއި މަސައްކަތްތެރިން - 7 ބިލު
  • ވިޔަފާރިއާއި އިގްތިސާދު - 22 ބިލު
  • ދައުލަތް ހިންގުން - 9 ބިލު
  • ހައްގުތަކާއި މިނިވަންކަން - 8 ބިލު
  • އިސްލާމްދީނާއި ގައުމިއްޔަތު - 8 ބިލު
  • ޒަމާނާ ނުގުޅޭތީ އުވާލަންޖެހޭ ނުވަތަ އިސްލާހުކުރަން ޖެހޭ ގާނޫނުތައް - 26 ބިލު
  • ތިމާވެށި - 9 ބިލު
  • އާއިލާއާއި މުޖުތަމައު - 20 ބިލު
  • ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުން - 22 ބިލު
  • ފައިސާއާއި މާލީ ކަންކަން - 22 ބިލު
  • ދަތުރުފަތުރާއި މުއާސަލާތު - 8 ބިލު
  • ޒަމާނާ ނުގުޅޭތީ އުވާލަންޖެހޭ ނުވަތަ އިސްލާހުކުރަން ޖެހޭ ގާނޫނުތައް - 26 ބިލު
އުޝާމް ވިދާޅުވި ގޮތުގައި މި ބިލްތައް އެޖެންޑާ ކުރާނީ މަޖިލީހުގެ 3 ދައުރަށް ބިނާކޮށްގެން ހާލަތަށާއި ބޭނުމަށް ރިޔާއަތްކޮށްގެންނެވެ. އެގޮތުން އެޖެންޑާ އެކުލަވާލުމުގައި އިސްކަންދީފައިވާ ބިލުތަކަކުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ބިލުތައްވެސް މި އެޖެންޑާގައި ހިމެނިފައިވާއިރު ދެވަނަ ކަމަކަށް ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކާއި ގާނޫނުއަސާސީއާ ތައާރަޒުވުމުގެ ސަބަބުން އިސްލާހު ގެންނަންޖެހޭ ނުވަތަ އެކުލަވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައްވެސް ހިމެނޭ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގައި ގާނޫނެއް ނެތުމުގެ ސަބަބުނ ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި އެކަންކަމާއި ގުޅޭ ގޮތުން ހަދަންޖެހޭ ގާނޫނުގެ ބިލާއި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައްވެސް އެޖެންޑާގައި ވަނީ ހިމަނާފައެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން ގާނޫނު ތަންފީޒު ކުރަން ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އެކިއެކި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުވެސް މި އެޖެންޑާގައި ހިމެނިފައިވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި އެންމެ ފަހު ބިލެއްގެ ގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ދިވެހިރާއްޖޭގައި އަމަލުކުރުމަށްޓަކައި ގާނޫނު އަސާސީގައި އެކުލަވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައްވެސް ހިމެނޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ