Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޭޖީ އަޙްމަދު އުޝާމް

އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އޮތް މާއްދާ އުވާލަން ހުށަހަޅަނީ

އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހުށަހަޅުއްވާން ވިސްނަވަމުން ދާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް އިސްލާހު ބާތިލު ކުރުމަކީ އެ އޮފީހުގެ ވިސްނުމެއް ކަމަށެވެ.

އެހެންވެ، އެ އިސްލާހު ބާތިލް ކުރުމަށް އެދި މަޖިލިހަށް ހުށަހެޅުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށްދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

2013 ވަނަ އަހަރު ފާސްކުރި އެއްވެ އުޅުމުގެ ހައްގުގެ ގާނޫނަށް 2016 ވަނަ އަހަރު އިތުރުކުރި އަކުރުގައި ބުނެފައިވަނީ ވެރިރަށް މާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވާނަމަ އެކަން ކުރެވޭނީ ލިޔުމަކުން ފުލުހުންގެ ހުއްދަ ހޯދައިގެން، ނުވަތަ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ. ހޯމް މިނިސްޓްރީން ފަހުން ކަނޑައަޅާފައި ވަނީ ހަމައެކަނި އެއްވެވޭނީ ހުއްދަ ހޯދައިގެން އަލިމަސް ކާނިވާ ސަރަހައްދަށް އެކަނި ކަމަށެވެ.

ރައީސް އިބްރާހިމްގެ ސަރުކާރުން ވެސް އެ މާއްދާ އުވާލަން މަސައްކަތް ކުރި ނަމަވެސް އިބްރާހިމްގެ ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމުނު އިރުވެސް އެކަން ކޮށްފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ