Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަޟްޙާ ޢީދު

މާލެ ސަރަހައްދުގެ މަގުތަކުގައި އީދުދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާކޮށްފި

މި އަހަރުގެ އަޟްޙާ އީދު ދުވަސް ކަމަށްވާ އަންނަ އާދިއްތަ ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މިއަދު ބޭއްވި އެ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

އެ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ ބައިން (ތައިސޭކޮށި، މާލެ) އިން ދޫކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ހުކުރު އަދި ހޮނިހިރު ދުވަހު ސްޓިކާ ދޫކުރާނެކަމަށް ސިޓީކައުންސިލްގެ އިއުލާންގައި ބުނެފައިވެއެވެ.

ހުކުރު ދުވަހު ސްޓިކާ ދޫކުރަން ހަމަޖެހިފައިވާ ގަޑިތަކަކީ މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށާއި، އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.

ހޮނިހިރު ދުވަހު ސްޓިކާ ދޫކުރާނީ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށާއި، ރޭގަނޑު 9:00 އިން 11:00 އަށެވެ.

ސިޓީ ކައުންސިލްގެ އިއުލާންގައި އިތުރަށް ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމުގައެވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ