Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިފްކޯ

ހޮނިހިރު ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 46 މިލިއަން ޖަމާކުރަނީ

މި ހަފުތާ ނިމުމުގެ ކުރިން މަސްވެރިންނަށް 46 މިލިއަން ރުފިޔާ ޖަމާ ކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިދިޔަ ދޮޅު މަސް ތެރޭގައި މިފްކޯ އަށް ކިރުވި މަހަށް މަސްވެރިންނަށް ފައިސާ ނުލިބި އޮތް މައްސަލާގައި މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

މިކަމާއި ގުޅޭ ގޮތުން މިފްކޯގެ މީޑިއާ އޮފިޝަލު އިބްރާހިމް ސައީދު އޮންލައިން ނޫހަކަށް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ އެއްބައި މި ހަފުތާ ނިމުމުގެ ކުރިން ޖަމާ ކުރާނެކަމަށެވެ.


އެގޮތުން މި ހަފުތާ ނިމޭއިރު ދޭން ޖެހޭ ފައިސާގެ ދެބައިކުޅަ އެއްބައި ކްލިއާ ކުރާނެކަމަށާއި މި ވަގިތަށް 46 މިލިއަން ރުފިޔާ ހަމަޖައްސާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ އަންނަ ހަފުތާއިން ފެށިގެން މަސްވެރިންނަށް ނުދެވި އޮތް ބާކީބައި ޖަމާ ކުރުމުގެ މަސައްކަތް ކުރާނެކަމަށާއި ވީހާވެސް އަވަހަކަށް އެ ފައިސާ ވެސް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަސް ތެރޭގައި ފައިސާ ޖަމާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައިވާކަމަށާއި ނަމަވެސް ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުންނާއި މިފްކޯގެ މާލީ ހާލަތު ރަނގަޅު ނުކޮށް އެފަދަ ވައުދުތައް ފުއްދަން އުނދަގޫ ވާނެކަމަށެވެ.

މި ލިއުމާއި ގުޅޭ