Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ކަނޑުއޮތްގިރި ފެސިލިޓީ ހުޅުމާލެއަށް ބަދަލުކުރަން މަސައްކަތް ކުރަނީ

ކ. ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެއިން ބިމެއް ހޯދުމުގެ މަޝްވަރާތައް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިފަދައިން ވިދާޅުވީ ބޮޑު ކަންނެލި މަސްވެރިން އިއްޔެ ކުރި މުޒާހަރާގެ ތެރޭގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރީގެ ހާލަތު އޮތީ ކަންނެލި ކިރަން އަދި ކަންނެލި ބާލަން ވެސް ވަދެވޭ ގޮތަކަށް ނޫން ކަމަށާއި އެހެންވެ، ކަންނެލި ނެގުމުގެ މަސައްކަތް ހުޅުމާލެއަށް ބަދަލު ކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ.

އަދި ކަނޑުއޮތްގިރި ހުޅުމާލެއަށް ބަދަލުކުރަން އެޗްޑީސީއާ މަޝްވަރާ ކުރަމުން އަންނަކަމަށްވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ކަނޑުއޮތްގިރިއަކީ މިފްކޯއިން ބާޒާރަށް ނެރޭ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުން ކުރާ ރަށެކެވެ. އެ ރަށުގައި ފެންވަރު ރަނގަޅު މަސް ފެސިލިޓީއެއް ގާއިމު ކޮށްފައިވީ ނަމަވެސް ބަނދަރު ތިލަވެ، އެއްގަމު ތޮށި ހަލާކުވެފައި ވާތީ ދޯނިފަހަރު ގާތްކުރަން އުނދަގުލެވެ. އެހެންވެ، އެ ފެސިލިޓީގެ ބޭނުން އެންމެ ރަނގަޅަކަށް ނުހިފެއެވެ.

މި ލިއުމާއި ގުޅޭ