Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

ރަޝިއާގެ ހަމަލާ އެއްގައި ޔޫކްރެއިގެ 8 މީހުން މަރުވެ 21 މީހުން ޒަޚަމް ވެއްޖެ

ރަޝިއާ ސިފައިން ދިން ހަމަލާއެއްގައި ޔޫކްރެއިންގެ 8 މީހުން މަރުވެ 21 މީހުން ޒަޚަމް ވެއްޖެއެވެ.

ޔޫކްރެއިންގެ ރައީސް ވުލޮޑެމިއަރ ޒެލެންސްކީގެ އުފަން ޝަހަރު ކަމަށްވާ ކްރީވީ ރީހް އަށް ބުދަ ދުވަހު ދިން މިހަމަލާގެ ވީޑިއޯ އެއް ރައީސް ޒެލެންސްކީ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރައްވާފައެވެ. އެ ވީޑިއޯގައި ބޯ ދުންގަނޑުގެ ތެރޭގައި ފުނޑުފުނޑު ވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމްތް ކުރުމުގެ މަސައްކަތް ހިނގަމުންދާ މަންޒަރު ފެނެއެވެ.

"މަރުވި މީހުންގެ އަދަދު ވަނީ 8ށް އަރާފައި، މަދުވެގެން 21 މީހުން ވަނީ ޒަޚަމްވެފައި، އޭގެ ތެރޭގައި ކުޑަ 2 ކުދިން ހިމެނޭ، 4 މީހުން ވަނީ ވީ ނުވީއެއް ނޭނގި." ހަމަލާ އާ ބެހޭ ގޮތުން ޔޫކްރެއިންގެ ދާޚިލީ ވަޒީރު އީގޯރ ކްލިމިއަންކާ ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވެއެވެ.

ކްރީވީ ރީހް އަކީ ރަޝިއާ އިން ޔޫކްރެއިންނަށް ހަމަލާ ދޭން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށިފަހުން ވަރަށް ގިނަ ފަހަރު މަތިން ހަމަލާދީފައިވާ ސަރަހައްދެއްކަން ފާހަގަ ކުރެވެއެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތް ހާދިސާގެ އަސްލަކީ 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން އުވާލުމާ ހަމައަށް ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ނުތަނަވަސްކަމުގެ އަސްލެވެ.

ކުރިން ސޯވިއެޓް ޖުމްހޫރިއްޔަތެއްގެ ގޮތުގައި އޮތް ޔޫކްރެއިންއިން ޔޫރަޕިއަން ޔޫނިއަން އާއި ނޭޓޯ ފަދަ ހުޅަނގުގެ މުއައްސަސާތަކާ ގުޅެން މަސައްކަތް ކުރަމުން އަންނަ އިރު، މިއީ މޮސްކޯއިން ދެކޭ ގޮތުގައި ސަރަހައްދީ ނުފޫޒާއި ސަލާމަތީ މަސްލަހަތަށް އޮތް ނުރައްކަލެކެވެ.

މައްސަލަ ހޫނުވީ 2014 ވަނަ އަހަރު ރަޝިޔާއަށް ތާއީދުކުރާ ޔޫކްރެއިންގެ ރައީސް ވިކްޓާ ޔަނުކޮވިޗް ބޮޑު މުޒާހަރާތަކަކަށް ފަހު މަގާމުން ދުރުކުރުމުން ރަޝިއާއިން ކްރައިމިއާ ޕެނިންސިއުލާ ހިފައި ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ވަކިވެގަތުމުގެ ބަޣާވާތެއް އުފައްދަން ފެށުމުންނެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތައް ހެދި ނަމަވެސް، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން، ޔޫކްރެއިން "ޑިނަޒީފައި" ކޮށް، ޑިމިލިޓަރައިޒް ކުރަން ޖެހޭ ކަމަށް ބުނެ، އެކި ރޮނގުރޮނގުން ފުލް ސްކޭލް ހަމަލާއެއް ދޭން ފެށުމާ ހަމައަށް ވެސް އެ ހަމަނުޖެހުން ތައް އެތައް އަހަރެއް ވަންދެން ހިފެހެއްޓިފައި އޮތެވެ.

މި ޙަމަލާގެ ސަބަބުން އިންސާނީ ކާރިސާއަކާއި، ބޮޑެތި ގެއްލުންތަކެއް ލިބި، ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕްގެ ބިމުގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމަށް މި ހަމަނުޖެހުންވަނީ ވެފައެވެ.

މި ލިއުމާއި ގުޅޭ