Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިޒްރޭލްގެ ހަމަލާތަކުގައި ޣައްޒާގެ އިތުރު 38 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 38 މީހަކު ޝަހީދުވެފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއިން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 37،202 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އަދި މި ހަމަލާގައި އިތުރު 84،932 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އަދި ސަލާމަތްކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުދެވުމުގެ ސަބަބުން އަދިވެސް ގިނަ ބަޔަކު ތިބީ ކުނިތަކުގެ ދަށުގައި އަދި މަގުމަތީގައި ތާށިވެފައި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މި ހަނގުރާމައަށް އަށް މަސް ވީއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ބޭނުންކުރުން ހުއްޓުމަކަށް އައިސްފައެވެ.
ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިސްރާއީލުގެ މައްޗަށް ގަތުލުއާންމު ހިންގުމުގެ ތުހުމަތު ކުރެވޭއިރު، މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ފަލަސްތީނުގެ އެތައް މިލިއަން ބަޔަކު ހަނގުރާމައިން ހިމާޔަތް ހޯދާފައިވާ ރަފާހުގައި ތެލްއަވީވް އިން ހިންގާ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ލިއުމާއި ގުޅޭ