Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އާރްޑީސީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައަށްވާ 200,000 ވުރެ ގިނަ ރުފިޔާ ފަލަސްތީނަށް

"ފަލަސްޠީނާއެކު ދިވެހީން" މި ނަމުގައި މިއަދު ކުރިއަށްގެންދާ ޚާއްސަ ޓެލެތޯންއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ފަރާތުން 200,000 އަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.
އާރްޑީސީއިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ޓެލެތޯނަށް އެ ކޯޕަރޭޝަނުގެ ފަރާތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އެގޮތުން އެ ކޯޕަރޭޝަނުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ އެ ފަންޑަށް ހަދިޔާކޮށްފައިވާ ކަމަށެވެ.
ހަދިޔާ ކުރީ ޖުމްލަ 210,594.95 ރުފިޔާ ކަމަށް އާރްޑީސީއިން ބުންޏެވެ.
އާރްޑީސީއިން ބުނީ އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް މިއަދު ޕީއެސްއެމްއިން ކުރިއަށްގެންދާ "ފަލަސްޠީނާއެކު ދިވެހީން" ޓެލެތޯން ކުރިއަށް ދާނީ މިރޭ 00:00 އާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވެއެވެ.
މީގެއިތުރުން އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ, ފައިސާ ޖަމާކުރާނީ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.
މި ލިއުމާއި ގުޅޭ