Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީއެންސީ

ފަލަސްޠީނާއެކު ދިވެހިން: ޕީއެންސީގެ ޕީޖީ ފަރާތުން 2 ލައްކަ ރުފިޔާގެ އެހީއެއް

"ފަލަސްތީނާއެކު ދިވެހީން" ނަމުގައި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ފަލަސްތީނަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދާ ޓެލެތޯންގައި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން 2 ލައްކަ ރުފިޔާގެ އެހީއެއް ފޯރުކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ކުރިއަށް ގެންދާ މި ޓެލެތޯނުގައި އަމިއްލަ އިސްނެގުމުގެ މަތިން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދެއްވި ޕާޓީއަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއެވެ.

އެގޮތުން، ފަލަސްޠީނާއެކު ދިވެހިން ޓެލެތޯން ފެށުނުފަހުން، އެއްފަހަރާ އެންމެ ގިނަ ފައިސާ ހަދިޔާކޮށްދެއްވާފައިވަނީވެސް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ފަރާތުންނެވެ. ޕީއެންސީގެ ފަރާތުން މި ފައިސާގެ އެހީ ހަވާލުކޮށްދެއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުاللهއެވެ.

ދިވެހިންގެ ހިތްތަކުގައި އެންމެ ބާރަށް ވިންދު ޖަހާ އެއްކަމަކީ މި
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ޓެލެތޯންގައި ފަލަސްޠީނުގެ ރައްޔިތުންނަށް 2 ލައްކަ ރުފިޔާގެ އެހީ ހަވާލުކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ ފަރާތުން އިސްނަގައިގެން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް އަވަސްވެގަތުމުގެ މައިގަނޑު ސަބަބަކީ ދިވެހި ރައްޔިތުންގެ ލޯބި އެބަޔަކަށް އެންމެ ބޮޑަށް ލިބިފައިވާ ބަޔަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ވުމުންކަމަށެވެ.

އަދި މީގެ އިތުރުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިފަދަ ބޮޑު އަދަދެއް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ފަރާތުން ފަލަސްޠީނަށް ހަދިޔާކުރެވުނީ ހުރިހާ މެންބަރުންގެ ދީލަތި އެހީއާއެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، ފަލަސްތީނުގެ މައްސަލާގައި އެންމެ ބޮޑަށް ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކުރައްވާ ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށާއި، ރައީސް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އަބްދުއްރަހީމް ވަނީ ޝުކުރުދަންނަވާފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ދިވެހި ހުރިހާ ފަރުދުންގެ އެއްބާރުލުން ބޭނުންފުޅުވާކަމަށެވެ. އަދި މި ޓެލެތޯނަކީ ރާއްޖޭގައި މިހާތަނަކަށް ބޭއްވުނު އެންމެ ކާމިޔާބު ޓެލެތޯނަކަށް ހެދުމަށްޓަކައި އެންމެހާ ރައްޔިތުންގެ ބައިވެރިވެލެއްވުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަލަސްޔީނާއެކު ދިވެހިން: އެހީވެދެއްވުމަށް ރުފިޔާ: 7730000655865 ޑޮލަރު: 7730000655866

މި ލިއުމާއި ގުޅޭ