Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޝަފީޢު

ޑރ. ޝަފީއު ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި

ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ދިވެހިރާއްޖެއިން ހައްޖަށް ގޮސްތިބި ހައްޖުވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަހަރުގެ އަމީރުލް ހައްޖު ޑރ. ޝަފީއު ހައްޖާޖީންނާ ބައްދަލުކުރެއްވެވީ ދިވެހި ހައްޖުވެރިން ތިބޭ އަލްބަލަދް އަލްޠައްޔިބު އަޖިއަލް ހޮޓެލްގައެވެ. އަދި ޑރ. ޝަފީއުގެ އަރިހުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"އިތުބާރާއި ޔަގީންކަން" ގެ ނަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަނުން ހައްޖާޖީންނަށް ދެމުން ގެންދާ ހިދުމަތްތައް ފާހަގަކުރައްވާފައިވެއެވެ. އަދި މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މި އަހަރުގެ ހައްޖަކީ ފާހަގަކޮށްލެވޭ ގިނަ އަދަދަކަށް ދިވެހީން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އައިސްފައިވާ އަހަރެއްކަމަށެވެ.

ޙައްޖުގެ އަޅުކަމުގައި ފަސޭހައިން ކަންތައްތައް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ އަޅުގަނޑުމެންގެ މަސައްކަތް
ވަޒީރު ޑރ. ޝަފީއު ވިދާޅުވިއެވެ.

1100 އަށްވުރެ ހައްޖުވެރިން މިފަހަރުގެ ހައްޖުގައި ރާއްޖެއިން ބައިވެރިވެފައިވާއިރު ވަޒީރު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖެއިން ހައްޖަށް ވަޑައިގެން ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށެވެ.

މި ލިއުމާއި ގުޅޭ