Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޓީސީސީ

އެމްޓީސީސީގެ ހިއްސާއަކަށް 4 ރުފިޔާ ބަހަން ނިންމައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ ހިއްސާއަކަށް 4 ރުފިޔާ ބަހަން ނިންމައިފިއެވެ.

އެމްޓީސީސީއިން މިފަދައިން ނިންމާފައިވަނީ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށް އިއްޔެ ކުރިއަށް ގެންދިޔަ އެ ކުންފުނީގެ މިއަހަރުގެ ހާއްސަ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެން ހިއްސާދާރުންގެ އިއްތިފާގުންނެވެ.

އެ ކުުންފުނިން ނިންމާފައިވަނީ، އެމްޓީސީސީގެ ހިއްސާދާރުންނަށް 2022 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 5 ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ހިއްސާއަކަށް 4 ރުފިޔާ ބަހާގޮތަށެވެ.

އަދި މީގެ އިތުރުން އެ ކުންފުނީގެ ހިއްސާދާރުންގެ އިއްތިފާގުން ނިންމާފައިވާ މި ނިންމުން، ނިންމާފައިވަނީ، ކުންފުނީގެ ހިއްސާދާރުންނަށް 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާ، އަލުން ދިނުމަށް ޖަލްސާއެއް ބާއްވަވާނެކަމަށް އެމްޓީސީސީގެ ކުރީގެ ބޯޑް އޮފް ޑިރެކްޓަރުން ނިންމަވާފައި އޮތުމުން އެ ނިންމުމަށް އިހުތިރާމުކުރުމުގެ ގޮތުންކަމަށް އެ ކުންފުނިން މައުލޫމާތުދީފައިވެއެވެ.

އެގޮތުން އެ ޖަލްސާގައި ބައިވެރިވެވަޑައިގެން އެމްޓީސީސީގެ ބޯޑުގެ ޗެއާމަންވަނީ، އެމްޓީސީސީގެ ހިއްސާދާރުންނަށް ހިދުމަތްކުރުމުގައި އެ ކުންފުނިން ސާބިތުކަމާއެކު ދެމި ތިބޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.

މި ލިއުމާއި ގުޅޭ