Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔޫކްރެއިން

ހަނގުރާމައިގެ މައްސަލާގައި ޕޫޓިންއާ އެއްވެސް މުއާމަލާތެއް ނުކުރާނަން: ޒެލެންސްކީ

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
"ކޮމްޕްރޮމައިޒް ކުރަން ވީ ވަގުތު ނިމިއްޖެ. މުއާހަދާތަކުގެ ބަދަލުގައި ޕުޓިން މަރު އިޚްތިޔާރު ކުރި އިރުން އެކަން ނިމުނީ ، ރަޝިއާ ސަރުކާރުން ދަނީ އެތައް ގަބުރުސްތާނެއް ހަދަމުން، އަޅުގަނޑުމެންގެ ޝަރުތުތަކާ އެއްގޮތަށް މި ހަނގުރާމަ ނިމުމަކަށް ގެންނާނަން،" ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ ހާއްސަ ޖަލްސާއެއްގައި ދެއްވި ތަގުރީރުގައި ޒެލްންސްކީ ވިދާޅުވިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ފުރިހަމަ މެމްބަރަކަށް ވުމަށް ކިއޭވް ގެ ޝައުގުވެރިކަން ތަކުރާރުކުރައްވަމުން އޭނާ ވިދާޅުވީ، އެންމެ ފަހުން ޕޫޓިން ބަލިވުމަކީ އަޅުގަނޑުމެންގެ އާންމު މަސްލަހަތު އޮތް ކަމެއް ކަމަށެވެ.
ޔޫކްރޭނުން އީޔޫގެ މެމްބަރުކަމަށް ކުރިމަތިލީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އީޔޫގެ ލީޑަރުން ވަނީ މެމްބަރޝިޕް މަޝްވަރާތައް ހުޅުވާލުމަށް ފެހި ސިގްނަލް ދެއްވާފައެވެ.
ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގައި ޔޫކްރެއިންގެ ރައީސްތަޤުރީރު ކުރެއްވި އިރު އެ ތަގުރީރު ބޮއިކޮޓް ކުރީ ކަނާތު ފިޔައިގެ އޮލްޓަނޭޓިވް ފޯ ޖަރުމަން (އޭއެފްޑީ) ޕާޓީ އާއި އާ ޕޮޕިއުލިސްޓް ޕާޓީ، ބުއެންޑިސް ސަހްރާ ވެޖަންކްނެކްޓް (ބީއެސްޑަބްލިއު) ގެ މެމްބަރުންނެވެ.
ޖަރުމަނުވިލާތުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޔޫކްރެއިން ރިކަވަރީ ކޮންފަރެންސްގައި ޒެލެންސްކީ ބައިވެރިވެވަޑައިގަންނަވަނީ، ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޔޫކްރެއިންގެ އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށާއި، އިޤްތިޞާދު ރަނގަޅުކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށާއި، އީޔޫއަށް ވަނުމަށް ޓަކައި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯއްދަވައިދެއްވުމަށެވެ.
މި ކޮންފަރެންސްގައި 60 އަށްވުރެ ގިނަ ޤައުމުތަކުގެ އިސްވެރިންނާއި އިސް ޑިޕްލޮމެޓުން ބައިވެރިވެއެވެ.
މި ލިއުމާއި ގުޅޭ