Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

އިޒްރޭލުގެ އަސްކަރީ ފިޔަވަޅުތައް ވަގުތުން ހުއްޓާލުމަށް ރަޝިޔާއިން ގޮވާލައިފި

ޣައްޒާގައި ހިންގަމުންދާ އިޒްރޭލުގެ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ރަޝިޔާއިން ގޮވާލާކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ލައިވްކުރި އެގައުމުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ނިޒްނީ ނޮވްގޮރޯޑްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަވްރޯފް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށްފަހު ދެން އަޅަން ޖެހޭ ފިޔަވަޅަކީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުން ކަމަށެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަން ވަގުތުން ހުއްޓާލައި، އިންސާނީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން ޖެހޭ. ދެން ލަސްނުކޮށް، އިޒްރޭލާއި ފަލަސްތީންގެ ދެ ދައުލަތެއް އުފެއްދުމުގެ މައްޗަށް ބިނާކޮށް ސަރަހައްދީ މައްސަލަ ހައްލުކުރަން އަޅުގަނޑުމެން ކުރިއަށް ދާން ޖެހޭ،" އޭނާ ވިދާޅުވިއެވެ.
ލަވްރޯފް ވަނީ ޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕުގައި އިސްރާއީލު ސިފައިން އަސީރުން މިނިވަންކުރުމުގެ ބަހަނާގައި ހިންގި އޮޕަރޭޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެހެން މީހުން ސަލާމަތް ކުރުމަށް އެތައް ސަތޭކަ ކުށެއް ނެތް އެތައް ސަތޭކަ ބަޔަކު ގުރުބާން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ފަލަސްތީނުގެ މައްސަލާގައި ރަޝިޔާގެ ސްޓޭންޑަށް ބަދަލެއް ނާންނަ ކަމަށާއި، އަދި މިހާރުން މިހާރަށް އަދި މުއްދަތެއް ނެތް ގޮތަށް ހަނގުރާމަ ހުއްޓާލައި، އިޒްރޭލުގައި ބަންދުކޮށްފައި ތިބި މީހުންނާއި ފަލަސްތީނުގެ ބަންދުގައި ތިބި އެންމެން ދޫކޮށްލުމަށާއި، އިންސާނީ ކުއްލި މައްސަލަތަކަށް ހައްލެއް ގެނައުމަށާއި، އަދި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޒްރޭލު ސިފައިން ފަލަސްތީނުން ފޭބުމަށް ރަޝިއާއިން ގޮވާލައިފައިވާއިރު، ރަޝިއާގެ ފައުޖުތަކުން ޔޫކްރެއިންނަށް އަރައިގަނެ ވަރުގަދަ ހަމަލާތަކެއް ދެމުންދާތީ ބައިނަލް އަޤުވާމީ މުޖުތަމަޢު ވަނީ އަދި ވަކިން ޚާއްޞަ ހުޅަނގުންވަނީ ރަޝިއާދެކެ ރުޅިއައިސްފައެވެ.

އެމެރިކާ އިސްވެ އޮވެ އީޔޫއިން ގެންދަނީ ރަޝިއާ ބަލިކުރެވޭނެ ސްޓްރެޓަޖީ އަކީ ކޮބައިތޯ ބަލަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ލިއުމާއި ގުޅޭ