Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަސްވެރިކަމުގެ ދާއިރާއިން ކުޅުދުއްފުށި ސިޓީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

މަސްވެރިކަމުގެ ދާއިރާއިން ކުޅުދުއްފުށި ސިޓީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަސްވެރިކަމާބެހޭ ވަޒީރު އެ ސިޓީގެ ކައުންސިލާ މަޝްވަރާ ކުރައްވައިފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ‏ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މޭޔަރު މުޙައްމަދު އާތިފް ވަޒީރު އަޙްމަދު ޝިޔާމްއާ މިއަދު ބައްދަލުކުރައްވައިފައިވާ ކަމަށެވެ.
މޭޔަރުގެ އިތުރުން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ދާއިރާއިން އެ ސިޓީއަށް ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވުޒާރާއިން ބުންޏެވެ.
މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ސްޕޯޓްސް ކަނދުފައްޗެއް އެޅުން އަވަސް ކުރުމާއި އައިސް ޕްލާންޓެއް ބެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން މިޔަރުގެ މަސްވެރިކަމާ ގުޅޭގޮތުން މޭޔަރު އާތިފް, ވަޒީރާ މަޝްވަރާ ކުރައްވާފައިވާ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.
މި ލިއުމާއި ގުޅޭ