Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

އީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަން

އީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްއަށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަހަރުގެ އަޟްހާ އީދު ބަންދުގައި ވެސް ދިވެހި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން 17 ޖޫން އިން 20 ޖޫންގެ ނިޔަލަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރު ހުޅުވާފައި ހުންނާނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި މީގެ އިތުރުން 65 އަހަރުން މަތީގެ ފަރާތްތަކާއި އެމާޖެންސީ ހާލަތްތަކުގައި އިމިގްރޭޝަނަށް ވަޑައިގެން ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާކަމަށާއި، އެ ހިދުމަތް ހެނދުނު 09:00 އިން 13:00 ޖަހަންދެން ފޯރުކޮށްދޭނެކަމަށް އެ އިދާރާއިން މިއަދު ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

އެގޮތުން، ހެނދުނު 08:30 އިން ހަވީރު 16:00 ޖަހަންދެން ކިއުބީ މެދުވެރިކޮށް ނުވަތަ އެ އިދާރާއަށް ވަޑައިގެން ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ނެގޭނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ނަމަވެސް މެންދުރު 12:00 އިން 12:45 އަށް ނަންބަރު ދޫކުރުން މެދުކެނޑޭނެކަން އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

އަދި، ސިއްހީ އިމާޖެންސީއެއްގެ ހާލަތުގައި އެ އިދާރާގެ ނަންބަރު '9555333' އަށް ގުޅުއްވުމުން ހިދުމަތް ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ