Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ތޮއްޑޫގެ ހޭޅިފަށުގައި ރޯކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި

އއ. ތޮއްޑޫ ހޭޅިފަށުގައި ރޯކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާތަކަށް ފުލުހުން މައުލޫމާތު ދިން ގޮތުން، ރޭ 21:29 ހާއިރު އއ. ތޮއްޑޫ ބްރައިޓް އަންހެނުންގެ މަގު ބޭރު ހޭޅިފަށުގައި ރޯވެގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވެއެވެ. އަދި މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ، އެ އަލިފާނުގެ ހާދިސާއާއި ގުޅިގެން ފުލުހުން ތަހުގީގުތައް ހިންގަމުން ގެންދާކަމަށާއި، ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. ތޮއްޑޫ ހޭޅިފަށުގައި ރޯކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ އުމުރަކީ 45 އަހަރުކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 2 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ