Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

ފްރާންސްގެ ގާނޫނު ހަދާ މަޖިލީސް އުވާލައިފި

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލައްވާ މި މަހުގެ ފަހުކޮޅު އަވަސް އިންތިޚާބަކަށް ގޮވާލައްވައިފިއެވެ.

ރައީސް މެކްރޮންގެ ކުއްލި މި ނިންމެވުމަކީ، ނިމި ދިޔަ ޔޫރަޕިއަން ޔޫނިއަންގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި މެކްރޯންގެ ސިޔާސީ ވާދަވެރިޔާ މެރީން ލަ ޕެން ގެ ނޭޝަނަލް ރެލީ އިން ބޮޑު ކާމިޔާބެއް ހޯދާނެ ކަން އެގްޒިޓް ޕޮލް ތަކުން ހާމަ ވުމާއެކު ނިންމެވި ނިންމެވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މެރީން ލަ ޕެން ގެ ޕާޓީއަށް 32 އިން ސައްތަ ވޯޓު ލިބޭނެ ކަމަށް އެގްޒިޓް ޕޯލް ތަކުން ދައްކާއިރު، ރައީސް މެކްރޮންގެ ރެނައިސެންސް ޕާޓީ އަށް ލިބޭނީ އޭގެ ދެބައިކުޅަ އެއްބައި މިންވަރުގެ ވޯޓް ކަމަށް ލަފާ ކުރެވެއެވެ.

ގާނޫނު ހަދާ މަޖިލިސް އުވާލައްވާ ކަން އިއުލާން ކުރެއްވުމަށްފަހު މެކްރޮން ވަނީ އިންތިޚާބުގެ ތާރީޚުތައްވެސް އިއުލާން ކުރައްވާފައެވެ. މިގޮތުން އިންތިޚާބުގެ ދެ ބުރުގެ ވޯޓު ލުން އޮންނާނީ ޖޫން 30 އާއި ޖުލައި 7 ގައި ކަމަށް ވަނީ އިޢުލާން ކުރައްވާފައެވެ.

މިއަހަރުގެ މެދުތެރޭގައި އޮންނަ ޕެރިސް އޮލިމްޕިކްސް އަށް ފްރާންސް ފޯރީގައި ތައްޔާރު ވަމުން ދަނިކޮށް އިންތިޚާބު އިއުލާން ކުރެވުނު ނަމަވެސް އޭގެ ސަބަބުން މުބާރާތައް އަސަރެއް ނުކުރާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ވަނީ ހާމަ ކޮށްފައެވެ.

އިމަނުއެލް މެކްރޯން ސިޔާސީ ހަޔާތް ފެއްޓެވީ ފްރާންސުއާ އޮލާންދުގެ ވެރިކަމުގައި ރިޔާސީ ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ސޯޝަލިސްޓް ޕާޓީގެ މެމްބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ 2016 ވަނައަހަރު ސޯޝަލިސްޓް ޕާޓީ ން ވަކިވެ އެން މާޗޭގެ ނަމުގައި އަމިއްލަ ސެންޓްރިސްޓް ސިޔާސީ ހަރަކާތެއް އުފައްދަވައިފަ އެވެ.

އަމިއްލަ ސެންޓްރިސްޓެއްގެ ގޮތުގައި ވާދަކުރައްވާ މެކްރޮން އަކީ 2017 ވަނަ އަހަރުގެ ފްރާންސްގެ ރިޔާސީ އިންތިހާބުގައި ކަނާތު ފިޔައިގެ ކެންޑިޑޭޓް މެރިން ލެ ޕެން ބަލިކުރައްވައި ހައިރާންކުރުވަނިވި ކާމިޔާބީއެއް ހޯއްދެވި ބޭފުޅެކެވެ.
އުމުރުން އެންމެ 39 އަހަރުގައި އޭނާ ވެފައިވަނީ ފަރަންސޭސި ތާރީހުގައި ވެސް އެންމެ ޒުވާން ރައީސަށެވެ.
މި ލިއުމާއި ގުޅޭ