Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެންޓަނީ ބްލިންކެން

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން މެދު އިރުމައްޗަށް

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ހޯމަ ދުވަހު މެދުއިރުމައްޗަށް ވަޑައިގެންފިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގެ މަގްސަދަކީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ހާމަ ކޮށްފައިވާ ހުށަހެޅުމަށް ހަމާސް އެއްބަސް ކުރުވުމަށް ސަރަހައްދުގެ ގައުމުތަކަށް ބާރު އެޅުއްވުން ކަމަށް ވެއެވެ.

ބްލިންކަން ވިދާޅުވީ، އެމެރިކާގެ ހުށަހެޅުމާ އެއްގޮތަށް މި ޑީލް ހަގީގަތަކަށް ނުވެގެން އުޅެނީ ހަމާސް އިން އެއްބަސް ނުވެގެން ކަމަށެވެ.

ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމުގައިވާ މިސްރުން އިޒްރޭލަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ބްލިންކަން ވިދާޅުވީ، ސަރަހައްދުގެ ގައުމުތަކުގެ ސަރުކާރު ތަކަށާއި، ރައްޔިތުންނަށް ދެއްވަން ބޭނުންވާ މެސެޖަކީ، ހަނގުރާމަ ހުއްޓާލަން ބޭނުން ނަމަ ކުރަން ޖެހޭ ކަމަކީ އެމެރިކާގެ ހުށަހެޅުމަށް ހަމާސް ލައްވާ އާނ ބަސް ބުނުވުން ކަމަށެވެ.

ހަމާސްގެ އިސް އޮފިޝަލަކު ރޮއިޓަރސް އަށް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ބްލިންކަން ދައްކަވާ ވާހަކަފުޅު ހުންނަނީ އިޒްރޭލް ކޮޅަށް ބުރަވެފައި ކަމަށެވެ.

މިސްރަށް ވަޑައިގެން ބްލިންކަން ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ އާ ގާހިރާގައި ބައްދަލު ކުރައްވާފައެވެ.

އިޒްރޭލަށް ވަޑައިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްތިއުފާ ދެއްވި ޑިފެންސް މިނިސްޓަރ ޔޯވް ގަލަންޓް އާ ބްލިންކަން ބައްދަލު ކުރައްވާ ގޮތައް ވަނީ ހަމަޖެހިފައެވެ.

މިއީ ހުސްވި އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން ގާޒާއަށް އިޒްރޭލުން ދެމުންދާ އަނިޔާވެރި ހަމަލާތައް ފެށުނު ފަހުން ބްލިންކަން މެދު އިރުމައްޗަށް ވަޑައިގަންނަވާ 7 ވަނަ ފަހަރެވެ.

މިއިން ކޮންމެ ދަތުރުފުޅެއްގައިވެސް ހާޞިލް ކުރައްވަން އުޅުއްވާ އެއްވެސް ލަނޑުދަނޑިއެއް ހާޞިލްނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ލިއުމާއި ގުޅޭ