Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މަޖިލިސް އިންތިޚާބުގައި ޕީއެންސީއިން ސްޕަރ މެޖޯރިޓީ ހޯދުމުން އިންޑިއާގެ ރައީސް މަރުހަބާ ވިދާޅުވެއްޖެ

ރާއްޖޭގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ސުޕަރ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަކުރައްވައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ, ރައީސް ޑރ.މުޙައްމަދު މުޢިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިޚާބުގައި ޕީއެންސީއިން ސްޕަރ މެޖޯރިޓީ ހޯދުމުން އިންޑިއާގެ ރައީސް މަރުހަބާ ވިދާޅުވީ ރައީސް ޑރ.މުޢިއްޒު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ބޭފުޅުން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ ނިއުދިއްލީގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ތަރައްގީއާއި ފާގަތިކަމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ "ނޭބަރހުޑް ފަސްޓް ޕޮލިސީ" ފާހަގަކުރައްވައި ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދިނުމުގެ ޝައުގުވެރިކަން އިންޑިއާގެ ރައީސް ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދު އޮންނަ ތާރީޚީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމާއި، ދެ ގައުމުން ގުޅުން ބަދަހިކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ޑރ.މުޢިއްޒު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މަޖިލިސް އިންތިޚާބުގައި ޕީއެންސީއިން ސްޕަރ މެޖޯރިޓީ ހޯދުމުން އިންޑިއާގެ ރައީސް މަރުހަބާ ވިދާޅުވެފައިވާއިރު, މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން މަޖިލީހަށް އިންތިޚާބުވެވަޑައިގަތް 73 މެންބަރުންނަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެންބަރުންނެވެ.
މި ލިއުމާއި ގުޅޭ