Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ގަތުލުއާންމު ހުއްޓާލަން ގޮވާލައި ވައިޓް ހައުސް ބޭރުގައި މުޒާހަރާކޮށްފި

ޣައްޒާގައި އިޒްރޭލް ސިފައިން ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓާލުމަށާއި އިޒްރޭލްގެ އަނިޔާވެރިކަމަށް އެމެރިކާ އިން ތާއީދު ނުކުރުމަށް ގޮވާލައި ފަލަސްތީނަށް ތާއިދު ކުރާ ގިނަ އަދަދެއްގެ ބަޔަކު އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ބޭރުގައި އިއްޔެ މުޒާހަރާކޮށްފިއެވެ.

ވޮޝިންޓަނުގައި ކުރިއަށް ދިޔަ މުޒާހަރާގައި އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަންއަކީ ދޮގު ހަދާ އޮޅުވާލާ މީހެއް ކަމަށް ބުނެފައިވެއެވެ. އަދި އިޒްރޭލުގެ ސިފައިން ޣައްޒާގެ ރަފަހަށް ވަނުން އެމެރިކާގެ ލީޑަރުން ހުއްޓުވަން ޖެހޭ ކަމަށް ވެސް އެއްވެ ތިބި މީހުން ގޮވާލިއެވެ.

މުޒާހަރާގެ ބައިވެރިން އެއްވީ އިޒްރޭލް ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ނަންތައް ލިޔެފައިވާ ދިގު ރަތްކުލައިގެ ބެނާ އެއް ހިފައިގެންނެވެ.

އިޒްރޭލް ސިފައިން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން ޝަހީދު ކުރަމުންދާ އިރު، އެމެރިކާގެ ރައީސް އިޒްރޭލްގެ ބޮޑުވަޒީރާ އެކުގައި ހުންނަވާ މައްސަލައިގައި އެތައް ބަޔެއްގެ ނުރުހުމާ ފާޑު ކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

ވައިޓް ހައުސްއިން ބުނެފައިވަނީ އިސްރާއީލުން "ރަތް ރޮނގު" ހުރަސް ކުރި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ރަފަހްގައި އިސްރާއީލުން ހިންގަމުން ގެންދަނީ ބޮޑު އޮޕަރޭޝަނެއް ކަމަށް ވެސް ވައިޓް ހައުސް އިން ބުނެފައިވެއެވެ. އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގަނީ ގަތުލުއާންމެއްކަމަކަށްވެސް އެމެރިކާގެ ވެރިން ގަބޫލެއް ނުކުރެއެވެ.

މި ލިއުމާއި ގުޅޭ