Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބޮޑީ ބިލްޑިން

ސައުތް އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސަކަށް އިއްބެ އިންތިޚާބުކޮށްފި

ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން ފެޑެރޭޝަނުގެ ރައީސްކަމަށް ރާއްޖޭ ބޮޑީ ބިލްޑިންގ އެސޯސިއޭޝަނުގެ ރައީސް, އިބްރާހިމް ހަމީދު (ބޮޑީ އިއްބެ) އިންތިހާބުކޮށްފިއެވެ.

އިއްބެ މިމަޤާމަށް އިންތިޚާބުކޮށްފައިވަނީ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަން (އެސްއޭބީޕީއެފް) ގެ އަހަރީ ބައްދަލުވުމުގައެވެ.

އިއްބެއަކީ އޭޝިއާގެ ބޮޑީ ބިލްޑިންގެ ފެޑެރޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުގެ މަގާމުގެ އިތުރުން ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުގެވެސް ނާއިބުރައީސްކަން ކޮށްފައިވާ ފަރާތެކެވެ.

އެސްއޭބީޕީއެފް އަހަރީ ބައްދަލުވުމުގައި ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް) އާއި އޭޝިއާ ބޮޑީބިޑިން ފެޑެރޭޝަނު (އޭބީބީއެފް)ގެ ރައީސް ސިންގަޕޫރުގެ ދަތުކު ޕޯލް ޗުއާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިއުމާއި ގުޅޭ