އެމެރިކާއިން ޔޫކްރެއިން އަށް ދޭ އަސްކަރީ އެހީގެ ޕެކޭޖު ލަސްވުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން، ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީގެ ކިބައިން މައާފަށް އެދިއްޖެއެވެ.
ޔޫކްރޭނަށް އާ އެހީ ޕެކޭޖެއް އިއުލާން ކުރައްވަމުން ހުކުރު ދުވަހު ބައިޑެން ވަނީ ޒެލެންސްކީ ކިބައިން މާފަށް އެދިފައެވެ.
ބައިޑެން މާފަށް އެދުނީ އިދިކޮޅު ފަރާތްތަކުން ހިފަހައްޓާފައިވާ އާ އަސްކަރީ އެހީގެ ބިލު މިއަހަރުގެ ކުރީކޮޅު ފާސްކުރުން ލަސްވުމާއި ގުޅިގެންނެވެ.
މާފަށް އެދިވަޑައިގަންނަވަމުން ބައިޑެން ވިދާޅުވީ މީގެކުރިން ދުވަހަކުވެސް އެމެރިކާއިން އެއްވެސް ގައުމެއްގެ ކުރިމަތީ ބޯ ތިރިކޮށް މާފަށް އެދިފައި ނުވާނޭ ކަމަށެވެ.
ހަމައެއާއެކު އެހީ ލަސްވީ ސަބަބު ބަޔާންކޮށްދެމުން ބައިޑެން ވިދާޅުވީ ފާސްކުރަން ޖެހުނު ބިލް ލިބުމުގައި އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ފަންޑުގެ ދަތިކަން ހުރުމުން އެހީ ލަސްވީ ކަމަށެވެ. މި އެހީގެ އިތުރުން އޭޕްރީލް މަހު ސަޕްލިމެންޓަރީގައި ސޮއިކުރި ފަހުން ޔޫކްރޭނަށް އިތުރު ފައިސާގެ އެހީތައްވެސް އެމެރިކާއިން ދަނީ ދެމުންނެވެ.
އެމެރިކާއިން ވަނީ ޔުކްރޭނަށް ލެކްޓްރިކް ގްރިޑް އަލުން ބިނާކުރުމަށް އެހީތެރިވުމަށް 225 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ.
އެމެރިކާއަކީ މިފަދަ ހަނގުރާމަ ތަކުގެތެރެއަށް އަމިއްލައަށް ވަދެ ޔަހޫދީންނަށް އެހީތެރިވަމުންދާ ގައުމެކެވެ. ޚާއްޞަކޮށް މުސްލިމުންނާ ދެކޮޅު ހަރަކާތްތަކުގައި އެމެރިކާއިން އިސްވެ އާދަޔާ ޚިލާފަށް އެހީތެރިކަން ފޯރުކޮށްދޭކަން ވަރަށް ބޮޑަށް ވަނީ ފާހަގަވެފައެވެ. އެގޮތުން ސިޙްޔޫނީ އިޒްރޭލަަށް ފެށުނީއްސުރެ އެމެރިކާއިން ދަނީ އެކިގޮތްގޮތުން އެހީދެމުންނެވެ.