Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

ރަޝިއާގައި މެޑިސިން ކިޔަވަމުންދިޔަ އިންޑިއާ ދަރިވަރުންތަކެއް ގެނބިގެން މަރުވެއްޖެ

ރަޝިއާގައި މެޑިސިން ކިޔަވަމުންދިޔަ އިންޑިއާ ދަރިވަރުންތަކެއް ގެނބިގެން މަރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ކައިރީގައި އޮންނަ ކޯރެއްގައި އިންޑިއާއަށް ނިސްބަތްވާ ފަސް ދަރިވަރަކު ގެނބުނުއިރު، އޭގެ ތެރެއިން ހަތަރު ކުއްޖަކު މަރުވެފައިވާ ކަން އެ ގައުމުގައި ހުންނަ އިންޑިއާގެ މިޝަނުން މިހާތަނަށް ވަނީ ކަށަވަރުކޮށްދީފައެވެ.

ރަޝިޔާގައި ހުންނަ އިންޑިއާ މިޝަނުން ބުނީ އެ ކުދިންގެ ހަށިގަނޑުތައް ވީހާވެސް އަވަހަކަށް އާއިލާ މީހުންނާއި ހަމައަށް ފޮނުވުމަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނިއުސް އެޖެންސީ ޕީޓީއައިއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެޑިސިން ކިޔަވަމުންދިޔަ މި ހަތަރު ދަރިވަރުންނަކީ އުމުރުން 18 އަހަރާއި 20 އަހަރާ ދެމެދުގެ ދެ ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ. މި ކުދިން ކިޔަވަމުން ގޮސްފައި ވަނީ ވެލިކީ ނޮވްގޮރޮޑް ސިޓީގެ ކައިރީގައި ހުންނަ ނޮވްގޮރޮޑް ސްޓޭޓް ޔުނިވަރސިޓީގައެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނީ ވޮލްކޯވް ކޯރަަށް ގެނބުނު އިންޑިއާގެ އަންހެން ދަރިވަރަކު، ސަލާމަތް ކުރަން އޭނާގެ ހަތަރު އެކުވެރިން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި، އެ މީހުންވެސް ވަނީ ކޯރުގެ ތެރެއަށް ގެނބިފައެވެ. ހަތަރު ކުދިން މަރުވިއިރު، ފަސް ވަނަ ކުއްޖަކު ސަލާމަތް ކުރީ އެތަނުގައި ތިބި އާއްމުންނެވެ.

ސަލާމަތްވި ދަރިވަރަށް އެކަށީގެންވާ ފަރުވާ ދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާކަމަށް މޮސްކޯގައި ހުންނަ އިންޑިއާ އެމްބަސީން އެކްސްގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ