Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚިދުމަތް ޖަމްިއްޔާ

ދިވެހިންގެ އެހީއާއެކު މަސްޖިދުލް އަގްސާ ކައިރީގައި މިސްކިތެއް ބިނާކޮށްފި

ދިވެހިންގެ ދީލަތި އެހީއާއެކު ހިދުމަތް ޖަމިއްޔާއިން ފަލަސްޠީނުގެ އަލް އަގްސާ މިސްކިތް ކައިރީގައި މިސްކިތެއް ބިނާކޮށްފިއެވެ.

އެ ޖަމިއްޔާގެ ސޯޝަލް މީޑިއާގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ޖަމިއްޔާގެ ފަރާތުން މިފަދަ އެތައް މިސްކިތެއް ފަލަސްޠީނުގައި ބިނާކުރަން މަސައްކަތްކުރަމުން ދާކަމަށެވެ. އަދި އެކަން ހާސިލްކުރުމަށްޓަކައި ދިވެހިންގެ ދީލަތި އެހީއަށް އެ ޖަމިއްޔާގެ ފަރާތުން އެދިފައިވެއެވެ.

މިބިމުގެވެސް އެންމެ ބަރަކާތްލެއްވި އެއް ހިސާބަކީ އެތަނަކުން އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم މިޢުރާޖު އަރާވަޑައިގެންނެވި މަސްޖިދުލް އަޤްޞާއާއި އެތާނގެ ވަށައިގެންވީ ސަރަޙައްދެވެ.
ހިދުމަތް ޖަމިއްޔާއިން ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައިވާ ވީޑިއޯއިން އެ މިސްކިތާއި މިސްކިތުގެ ބޭރުގައި ފަލަސްޠީނު ރައްޔިތުން ޖަމާއަތުގައި ނަމާދު ގާއިމްކުރަމުން ދާ މަންޒަރު ފެނިގެންދެއެވެ. އަދި އެ މިސްކިތުގައި ފަލަސްޠީނުގެ ކުދިންނަށް ކީރިތި ޤުރުއާނުގެ ޢިލްމު ދަސްކޮށްދެމުން ގެންދިޔަ މަންޒަރުވެސް ފެނިގެންދެއެވެ.

މިވަގުތު ހާލަތު ހުރިގޮތުން އެ ޖަމިއްޔާގެ ފަރާތުން އަޅާ މިސްކިތްތަކަކީ ވަގުތީ މިސްކިތްތަކެކެވެ. ނަމަވެސް އެ ތަންތަނުގެ ސަބަބުން ﷲ ގެ ޙަޞްރަތުން ލިބިގެންދާނެ އަޖުރަކީ ވަގުތީ އެއްޗަކަށް ނުވާނެކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. އަދި ސިއްރާއި ފާޅުގައި މި މިސްކިތް ބިނާކުރުމުގައި އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތައް އެންމެ ގިނައިން އަމާޒުވާ ތަންތަނުގެ ތެރޭގައި ފަލަސްޓޠީނުގެ މިސްކިތްތައް ހިމެނެއެވެ. މުސްލިމުންގެ އީމާންތެރިކަން ބަލިކަށިކުރުމުގެ ނިޔަތުގައި ނިރުބަވެރި އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ އެތައް މިސްކިތެއް ބިމާ ހަމަވެފައިވެއެވެ.

މި ލިއުމާއި ގުޅޭ