ހާރިޖީ ވަޒީރު ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފިއެވެ.
ހާރިޖީ ވަޒީރު މޫސާ ޒަމީރު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންއާ ބައްދަލުކުރައްވައިފިއެވެ.
ލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަޒީރު ލަންކާގެ ރައީސްއާ ބައްދަލުކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން، މި ބައްދަލުވުމުގައި ލަންކާއާއި ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އަދި މީގެ އިތުރުން، ފާއިތުވެ ދިޔަ އަހަރުތަކުގައި ލަންކާއިން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމާއި، ބާއްވަމުން ގެންދަވާ ގާތް ގުޅުމަށް ވަޒީރު ވަނީ ލަންކާގެ ރައީސްއަށް ޝުކުރު ދަންނަވާފައެވެ.
ވަޒީރުގެ ޒަމިރު ލަންކާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި ވަޒީރު ވަނީ ލަންކާގެ ސަރުކާރުގެ އިސް އެހެން ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން ލަންކާގެ ހާރިޖީ ވަޒީރު އަލީ ސަބްރީ އިންތިޒާމުކޮށްގެން ބޭއްވެވި ފަރިއްކޮޅުވުމަކަށްވެސް ވަޒީރު ވަޑައިގެންފައިވެއެވެ. އަދި މި ބައްދަލުވުމުގައިވެސް ރާއްޖެއާއި ލަންކާގެ ތާރީހީ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ.