Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްރީލަންކާ

ލަންކާއަށް ކަނޑައެޅި އާ ސަފީރު މަސްއޫދު އިމާދުގެ މަގާމުގެ ފަތްކޮޅު އެގައުމުގެ ރައީސްއަށް އަރުވައިފި

ރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅި އާ ސަފީރު މަސްއޫދު އިމާދުގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައަށް އަރުވައިފިއެވެ.

މަސްއޫދު ސަފީރުކަމުގެ ފަތްކޮޅު ރަނިލްއަށް އެރުވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ކޮލޮމްބޯގައި ހުންނަ ރައީސްގެ ގެކޮޅުގައެވެ.

ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި، ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ އަދި ހާއްސަ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން، ރަނިލް އަށް މަސްއޫދު ވަނީ ދެއްވާފައެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ރަނިލް ވަނީ ރާއްޖެ އާއި ލަންކާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މަސްއޫދަށް ދެއްވައިފައެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މަސްއޫދު ހަމަޖެއްސުމަށް ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

މި ލިއުމާއި ގުޅޭ