Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޒަމީރު

ލަންކާއާއެކު ބައިނަލްއަގްވާމީ މައިދާނުގައި މަަސައްކަތް ކުރުމަށް މަޝްވަރާކުރައްވައިފި

ސްރީލަންކާ އާއި ދިވެހިރާއްޖެ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ދެގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އޭނާ ވަނީ ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާ ބައްދަލުކުރައްވާފައެވެ.

މިބައްދަލުވުމަށްފަހު މިނިސްޓަރު ޒަމީރު އިއްވެވި ބަޔާނުގައި ދިވެހިރާއްޖޭގެ ތަރައްގީއަށް ސްރީލަންކާއިން ދެމުންގެންދާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާ، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އިގްތިސާދާއި މުޖުތަމައުގައި ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ސްރީލަންކާގެ މަސައްކަތްތެރިން އަދާ ކުރާ ދައުރުވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ސާކާއި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ) ފަދަ ސަރަހައްދީ ޕްލެޓްފޯމްތައް މެދުވެރިކޮށް ދެކުނު އޭޝިއާ ސަރަހައްދުގެ ދެމެހެއްޓެނިވި ތަރައްގީ އާއި ސުލްހައާއި ސަލާމަތާއި ކުރިއެރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އަދި މަސްވެރިކަމަށް ދެ ގައުމުން ވެސް ބަރޯސާވާއިރު، ދެ ގައުމުގެ ހާއްސަ އިޤުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާއެކު ބޭއްވެވި ބައްދަލުވުމުގައި، ދެ ގައުމުން ހާއްސަ އިސްކަމެއްދޭ، ވިޔަފާރި، ތައުލީމު، މަސްވެރިކަން، ސިއްހަތު، ފަތުރުވެރިކަން، ޒުވާނުން ފަދަ މުހިންމު ދާއިރާތަކާއި އަދި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިނިސްޓަރު ޒަމީރުގެ ވާހަކަފުޅުގައި ފަލަސްތީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ހަމަލާތަކާއި ގުޅިގެން ދެ ގައުމުން ވެސް ނަގާފައިވާ ސްޓޭންޑު ތަކުރާރުކުރައްވާ، ވީއެންމެ އަވަހަކަށް ދާއިމަށް ހަނގުރާމަ ހުއްޓާލައި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ ފޯރުކޮށްދޭނެކަމަށް އުއްމީދުކުރައްވާކަން ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ހިމެނޭއިރު، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގައި މިހާރަށް ވުރެ ހަލުވި އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ދެ މިނިސްޓަރުން އެއްބަސްވެވަޑައިގެންފައިވެއެވެ.

މި ލިއުމާއި ގުޅޭ