Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސަންދަ

އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން މައި އާސަންދަ ޕޯޓަލް އަށް

އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަންނާނީ މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް ކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ހިނގާ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހަމައެކަނި އާސަންދައިގެ މައި ޕޯޓަލް އިން ކަމަށާއި މެނުއަލް ރެކޮމެންޑޭޝަން ފޯމްތައް ބަލައިގަތުން ހުއްޓާލާފައިވާ ކަމަށެވެ.

ސަރުކާރުން ދަނީ އާސަންދައިގެ ހިދުމަތް ފުޅާކޮށް ރާއްޖެއިން ބޭރަށް ފަރުވާއަށް ދާ މީހުންނަށް ލުއި ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ވަނީ ޔޫއޭއީ އަދި ތައިލޭންޑުގައި އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަން ހާމަކޮށްފައެވެ.

އާސަންދައިގެ ދަށުން މި ހިނގާ 2024 ވަނައަހަރުގެ ފުރަތަމަ ހަތަރު މަހުގައި ބޭސްފަރުވާއަށް 1،691 މީހުން ފޮނުވާފައިވެއެވެ.

މި ލިއުމާއި ގުޅޭ