Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޫރިމަނާ

މާލެ ކައިރިން ފަރަށް އެރި ޓަގް ބޯޓެއް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މާލެ ކައިރިން ފަރަށް އެރި ޓަގް ބޯޓެއް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

'އޭއެމް އެޑްވޭ އަދި އެރޮން' ނަމަކަށް ކިޔާ ޓަގް ބޯޓެއް މާލެ ކައިރީގައި އޮންނަ ދިޔަނެރު ފަރަށް އެރުމުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އެ ޓަގް ބޯޓުގެ ވެރި ފަރާތް 20 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އޭއެމް އެޑްވޭ އަދި އެރޮން ޓަގް ބޯޓު ދިޔަނެރު ފަރަށް އެރުމުން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އީޕީއޭއިން ހާމަކޮށްފައިވެއެވެ. އެގޮތުން، ޓަގް ބޯޓު ފަރަށް އެރުމުން 804 އަކަ މީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވެއެވެ.

އެ ހާދިސާއާއި ގުޅިގެން 20,246,600 ދިވެހި ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ 'ދި މިޑްލް އީސްޓް މެރިން އެލްއެލްސީ' ނަމަކަށް ކިޔާ ކުންފުންޏެއްކަމަށް އީޕީއޭއިން ބުނެފައިވެއެވެ. އަދި އެ ފައިސާ 1 މަސް ދުވަހުގެ ތެރޭ އީޕީއޭއަށް ދައްކާ ހަލާސްކުރަން ލާޒިމްކޮށްފައިވާކަން އީޕީއޭއިން ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ