މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް, މ. އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
ފިޝަރީޒް މިނިސްޓްރީގައި މ. އަތޮޅު ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި މަސްވެރިކަމުގެ ދާއިރާއިން ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.
މިގޮތުން މ.އަތޮޅު ސަރަހައްދުގައި ކަނދުފަތި ޤާއިމުކުރުމާއި މެރިކަލްޗަރ ފުޅާކުރުމާއި މަސްކިރުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސަވާދެއްވާ މ. އަތޮޅުގައި މަސްކިރާ ބޯޓެއް ބޭއްވުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން މ. މުލަކުގައި ޤާއިމުކުރުމަށް ނިންމަވާފައިވާ މަސްފިނިކުރާ ކާރުޚާނާގެ މަސަައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު މިނިސްޓަރ ވަނީ މ. އަތޮޅު ކައުންސިލާއި ހިއްސާކުރައްވާފައެވެ.
ފިޝަރީޒް މިނިސްޓަރ ގެންދަވަނީ އެކި އަތޮޅުތަކުގެ ކައުންސިލްތަކާއި ބައްދަލުކުރައްވައި މަސްވެރިންގެ ކަނބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް ހައްލުހޯދުމަށް މަސްވެރިންގެ ޚިޔާލު ހޯއްދަވަމުންނެވެ. މިނިސްޓަރ ވަނީ މިމަހުގެ 2 ވަނަ ދުވަހު ހދ. އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.