Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަމާ ބެހޭ ވުޒާރާ

މިއަހަރު ޗައިނާ އިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަށް ވުރެ މައްޗަށް

ޗައިނާ އިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަށް ވުރެ މައްޗަށް ހިނގައްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދަކީ 101،202 އެވެ. އެދުވަހާއި ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 895764 އެވެ. މީގެ 11.3 އިންސައްތަ އަކީ ޗައިނާ ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ޗައިނާއެވެ. ޗައިނާ އާއި ޖެހިގެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ރަޝިޔާއެވެ. ރަޝިޔާ އިން 90336 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން ރާއްޖެއަށް 85،208 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ނިމުނު 2023 ވަނައަހަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 812914 އެވެ. މިއަދަދާއި މިއަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 10.2 އިންސައްތަ އިތުރު އަދަދެވެ.

ސަރުކާރުގެ އަމާޒަކީ މި ހިނގާ 2024 ވަނަ އަހަރު ނިމުމުގެ ކުރިން ދެ ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމެވެ. މި އަމާޒަށް ވާސިލު ވުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ކަންކަން ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ