މި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލައްވައިފައިވާ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރުހުން އޮތްތޯ ބެލުމަށް މާދަމާ ވޯޓަށް އަހަން ނިންމައިފިއެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށްގެންދަން މިދިޔަ ޖަނަވަރީ 29 ގައި ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމާއި ހައުސިންގ މިނިސްޓަރު ޑރ.ޢަލީ ހައިދަރަށް ރުހުން ނުދިނުމަށް ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ.
މި ތިން ވަޒީރުންނަށް ރުހުން ނުދިނުމަށް ފާސްކުރީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ގުޅިގެންނެވެ.
ނަމަވެސް މި ތިން ބޭފުޅުން އަލުން މަގާމަށް އައްޔަންކުރައްވައި ރައީސް ޑރ.މުޢިއްޒު ވަނީ އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވައިފައެވެ.
އެ ތިން ބޭފުޅުންނަށް ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލާގައި މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާގައި ވަނީ ހިމަނައިފައެވެ.