Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް ފިޝަރީޒް މިނިސްޓްރީން ހަރަކާތްތަކެއް ބާއްވަނީ

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބް ވިދާޅުވީ މިއަހަރު ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް އެ މިނިސްޓްރީން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މުއްޠަލިބް ވިދާޅުވި ގޮތުން ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް އެ މިނިސްޓްރީން 10 ހަރަކާތެއް ކުރިއަށް ގެންދާނެއެވެ. އަމާޒަކީ ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން ހަރަކާތްތައް ހިނގުން ކަމަށް ވެސް މުއްޠަލިބް ވިދާޅުވިއެވެ.
ކުރިއަށްގެންދާ ހަރަކާތްތަކުގެތެރޭގައި އުމުރުން 7 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ކުރެހުމުގެ މުބާރަތަކާއި އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޒުމޫނު ލިޔުމުގެ މުބާރަތަކާއި ގްރޭޓަރ މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ސާނަވީ ދަރިވަރުންނަށް ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނަކާއި އުމުރުން 8-15 ދެމެދުގެ ކުދިންނަށް ބާއްވާ "ބޮކިއެރުވުން" ޑައިވް ހަރަކާތަކާއި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކަށް ބާއްވާ މަސްރޭސް ހިމެނެއެވެ.
މި ލިއުމާއި ގުޅޭ