Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ސްޓޭންޑިން ކޮމެޓީގެ ޗެއާ އަބްދުއްރަހީމަށް މަރުހަބާ ވިދާޅުވެއްޖެ

ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ޗެއާމަން ޒާއޯ ލެޖީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް މަރުހަބާގެ މެސެޖު ފޮނުއްވައިފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ މެސެޖުގައި ދެ ގައުމުން އެއްބަސްވެފައިވާ މުހިންމު އެއްބަސްވުންތައް ތަންފީޒުކޮށް ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން ބަދަހިކުރުމަށާއި، ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް އާއި ރައްޔިތުންގެ މަޖިލީހާދެމެދު އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް އެކުގައި މަސައްކަތް ކުރައްވާނެކަމަށް ޗެއާމަން ވިދާޅުވެފައިވެއެވެ.

އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ފުޅާ ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކޮށް، ޗައިނާ-މޯލްޑިވްސް ކޮމިއުނިޓީއެއް އެއްބައިވަންތަ މުސްތަގުބަލަކާއެކު ބިނާކުރުމަށް ޓަކައި ގާތުން މަސައްކަތް ކުރުމަށް ޗެއާމަން ޒާއޯ ތައްޔާރަށް ހުންނެވިކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމިޓީއަކީ ޗައިނާގެ ގައުމީ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ)ގެ ދާއިމީ އިދާރާއެވެ. އެންޕީސީގެ ދައުރު ނުހިނގާ ހާލަތްތަކުގައި އެ އިދާރާގެ ބާރުތައް ބޭނުންކުރެއެވެ.

މި ލިއުމާއި ގުޅޭ