Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕެރިސް

ޕެރިސްގެ ދިފާއީ އަދި ސެކިއުރިޓީ ފެއާއިން އިޒްރޭލު ބާކީކޮށްފި

ޖޫން މަހުގެ 17-21 އަށް ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޑިފެންސް އެންޑް ސެކިއުރިޓީ ފެއާ، ޔޫރޯސެޓަރީގެ ނަމުގައި ބާއްވާ ފެއާގައި އިސްރާއީލުގެ ކުންފުނިތަކަށް ބައިވެރިވުން މަނާކޮށްފިއެވެ.
ގައުމީ މީޑިއާރިޕޯޓްތައް ބުނާގޮތުން މިގޮތަށް ނިންމާފައި މިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 36،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާދަނޑިވަޅެއްގައެވެ.
ދިފާއީ ދާއިރާގެ އެންމެ ބޮޑު އިވެންޓެއް ކަމަށްވާ ޔޫރޯސެޓަރީއަކީ ދުނިޔޭގެ އެތައް ސަތޭކަ ގައުމަކުން ކޮންމެ ދެ އަހަރަކުން އެތައް ހާސް އިންވެސްޓަރުންނާއި ފާމްތަކަށް ޒިޔާރަތްކުރާ އިވެންޓެކެވެ.
ފެއާ އިންތިޒާމްކުރާ މައި ކުންފުނި، ކޮގްސް އިވެންޓްސް އިން ވަނީ މި ފެއާއިން އިޒްރޭލް ބާކީކުރިކަން ކަށަވަރުކޮށްދީ، "ސަރުކާރުގެ އޮފިޝަލުންގެ ނިންމެވުމުން، 2024 ވަނަ އަހަރުގެ ޔޫރޯސެޓަރީ އެގްޒިބިޝަން ހޯލްގައި އިޒްރޭލުގެ ދިފާއީ ސިނާއަތުގެ ސްޓޭންޑެއް ނޯންނާނެ" ކަމަށް ބުނެފައެވެ.
ވާތުފިޔައިގެ ފްރާންސް އަންބޯޑް ޕާޓީގެ މެމްބަރެއް ކަމަށްވާ ތޯމަސް ޕޯޓެސް އޭނާގެ އެކްސް އެކައުންޓުގައި މި ނިންމުމަށް މަރުހަބާ ވިދާޅުވެ، ޣައްޒާއަށް ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެނިފައިވާކަން ފާހަގަކުރެއްވިއެވެ.
އަދި ޕްރެޝަރު ދަމަހައްޓައި، އިޒްރޭލަށް ހަތިޔާރު ދިނުން މަނާކުރުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ފަލަސްތީނަށް ތާއީދުކުރާ ސަޕޯޓަރުން މި މަހުގެ 22 ވަނަ ދުވަހު ފްރާންސްގެ ދިފާއީ ވުޒާރާ ކުރިމަތީގައި އިޒްރޭލު ފެއާއިން ބާކީކޮށް، އެ ގައުމަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލާ މުޒާހަރާކުރިއެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ޣައްޒާއަށް އަރައިގަތުމާ ގުޅިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ޙަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން ޤަރާރު ނެރެފައިވީ ނަމަވެސް، އިޒްރޭލުން ދަނީ ޣައްޒާއަށް ހަމަލާ ދެމުންނެވެ.
އޭގެ ފަހުން ޣައްޒާގައި ފަލަސްތީނުގެ 36،240 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 81،777 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.
މި ލިއުމާއި ގުޅޭ