Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

"ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" ގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް

ޓްވިމްބިޓް އެވޯޑްސްގެ "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" ގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެއެވެ.

މިކަމާއި ގުޅިގެން އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ އެވޯޑު ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އަދި މި ކާމިޔާބީ އަށް މަގުފަހި ކޮށްދިނުމަކީ އުރީދޫގެ ޓީމުގެ ހިތްވަރާއި ބުރަ މަސައްކަތުގެ ހެއްކެއް ކަމުގައެވެ.

އޭގެ އިތުރަށް ހާލިދު އަލް ހަމަދީ ވިދާޅުވީ ކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށާއި މި ކާމިޔާބީ ފާހަގަކުރަމުންދާއިރު، ކުރިއަށް އޮތް ތަނުގައި ވެސް އީޖާދީ، ފެންވަރު ރަގަޅު ހިދުމަތް ދިނުމުގައި އުރީދޫ މޯލްޑިވްސް އިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމުގައެވެ.

ސިންގަޕޫރުގައި އޮތް މި އެވޯޑު ހަފްލާގައި ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ ގެ އެވޯޑު ލިބިފައިވާއިރު މި އެވޯޑަށް ދިރާގާއި ބުރޫނާއީގެ ޑީއެސްޓީ ވެސް ނޮމިނޭޓް ވެފައިވެއެވެ.

މި އެވޯޑްސްގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބޮޑެތި ޓެލްކޯ އަދި ޓެކް ކުންފުނިތަކުން ވަނީ ބައިވެރިވެފައި ވާއިރު އޭގެ ތެރޭގައި ބާރްތީ އެއާޓެލް އާއި ސިންގްޓެލް އާއި ސްޓާހަބާއި ރަކުޓެން މޮބައިލް ޖަޕާނާއި ރިލަޔަންސް ޖިއޯ އާއި އިންޑޯސެޓް އުރީދޫ ހަޗިސަން އާއި ޗައިނާ މޮބައިލް ފަދަ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.

މި ލިއުމާއި ގުޅޭ