Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީޕީ އަލީ ޝުޖާ

ސްޓޭޝަނުގައި ނުތިބެ ޑިއުޓީގެ ބޮޑުބައި ފުލުހުން ހޭދަކުރަން ޖެހޭނީ ރައްޔިތުންނާ އެކު: ޝުޖާއު

ސްޓޭޝަނުގައި ނުތިބެ ޑިއުޓީގެ ބޮޑުބައި ފުލުހުން ހޭދަކުރަން ޖެހޭނީ ރައްޔިތުންނާ އެކުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ، ރޭ އައްޑޫގައި ކުރިއަށްދިޔަ 36 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިޔާތުގައި ކޯސް ނިންމި ފުލުހުންނާއި މުހާތަބުކުރައްވަމުންނެވެ.

ހިތާމައަކީ މިއަދު އަޅުގަނޑުމެން ޑިއުޓީގައި ރަށުތެރެއިން ކަމެއް ހިނގައިގެން ރިޕޯޓު ނުކޮށްފި ނަމަ ގިނަ ފަހަރު ޑިއުޓީ ނިންމާލެވެނީ ސްޓޭޝަނުގެ ތެރޭގައި ތިބެގެން
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވިއެވެ.

ފުލުހުން ސްޓޭޝަނުގައި އަބަދު ތިބުމުގެ އާދަ ދޫކޮށްލަންޖެހޭކަމަށާއި، ޑިއުޓީގަޑީގައި މަގުތަކުން ރައްޔިތުންގެ ހާލު އަހުވާލު ބަލާ ފުލުހުން އިތުރުވާންޖެހޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި، އެފަދައިން ފުލުހުން ޑިއުޓީ އަދާކުރާނަމަ މިހާރައްވުރެ މަގުތައް އަމާންވާނެކަމަށް ރޭގެ ޖަލްސާގައި ޝުޖާއު ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާގެ ބައިވެރިންނަށް ނަސޭހަތްތެރިވަމުން ޝުޖާއު ވިދާޅުވީ، މަގުތަކުން ޔުނީފޯމްއެޅި ފުލުހެއް ފެނުމަކީ މަސްތުވާތަކެތި މަގުތަކުގައި ދައުރުވާ މިންވަރު އިންތިހާއަށް ދަށްވެގެންދާން މެދުވެރިވާނެ ސަބަބެއްކަމަށެވެ. އަދި، ގައުމަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް މަސައްކަތްކުރުމަކީ ދިވެހި ކޮންމެ ފުލުހެއްގެ ބޮލުގައިވެސް އެޅިފައިވާ މުހިންމު ޒިންމާއެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ރައްޔިތުންނަށް ރަންގަޅު މިސާލަކަށް ފުލުހުން ވާންޖެހޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެގޮތުން، ނަމާދުކުރުމުގައި ދެމިތިބޭ ބަޔަކަށް ވުމުގެ އިތުރުން، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގައި ޝާމިލުވާ ބަޔަކަށް ފުލުހުން ވެގެން ނުވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ބަޔަކަށް ފުލުހުން ވާންޖެހޭ އިރު، ރައްޔިތުންނާ މުއާމަލާތްކޮށް ހަދާއިރު ފުލުހުންގެ ބަސްމަގު ރަނގަޅުވާންވާނެކަމަށެވެ. އަދި، ގާނޫނު ތަންފީޒުކުރުމަކީ ފުލުހުންގެ މައިގަނޑު މަގްސަދު ކަމުގައިވިނަމަވެސް، ފުލުހުންނަށް ގާނޫނުން ލިއްބައިދީފައިވާ ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ނުހިފައި، ބާރުގެ ބޭނުން ހިފުމަކީ އެންމެ ފަހު މަރުހަލާ ކަމުގައި ހަދަން ޝުޖާއު ފުލުހުންނަށް ނަސޭހަތްތެރިވިއެވެ.

މި ލިއުމާއި ގުޅޭ