Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީރިޔާ

ތޭރަ އަހަރަށްފަހު ސީރިއާގެ ބަޔަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް

13 އަހަރުގެ މެދުކެނޑުމަށްފަހު ސީރިޔާއިން ހައްޖަށްދާ ގްރޫޕެއް އިއްޔެ ފުރައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސީރިއާގެ ދައުލަތުގެ ނޫސް އެޖެންސީ ސާނާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައްޖުގެ އަޅުކަމަށް ސައުދީގެ ޖިއްދާއަށް ސީރިއާގެ ހައްޖުވެރިން ގެންދިޔަ ފުރަތަމަ ފްލައިޓް ދިމިޝްގުން އިއްޔެ ވަނީ ފުރައިފައެވެ. އެ ފްލައިޓުން 270 ހައްޖުވެރިން ދަތުރުކުރިއެވެ.

2023 ވަނަ އަހަރު ސީރިއާ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމްވެފައިވާއިރު، މިއީ ފާއިތުވީ 13 އަހަރަށްފަހު ސީރިޔާއިން ހައްޖަށްދާ ފުރަތަމަ ބެޗެކެވެ. ގިނައީ އުމުރުން ދުވަސްވީ ހައްޖާޖީންނެވެ.

ހައްޖުވެރިން ގޮވައިގެން ދެވަނަ ބޯޓެއް ދިމިޝްގުން ޖިއްދާއަށް ފުރީ ރޭ ދަންވަރުއެވެ.

މި ހަފްތާގެ ކުރީކޮޅު ސައުދީ ސަރުކާރުން ވަނީ 2012 ވަނަ އަހަރަށް ފަހު ސީރިއާގައި ހުންނަވާ އެ ގައުމުގެ ސަފީރު އައްޔަންކޮށްފައެވެ. ގުޅުން ކެނޑިފައި އޮތް ދުވަސްވަރު، ހައްޖަށް ދާން ބޭނުންވާ ސީރިއާގެ ހައްޖުވެރިން އަވަށްޓެރި ގައުމުތަކުން ވިސާ ހޯދަން ޖެހުނެވެ.

2011 ވަނަ އަހަރު ސަރުކާރާ ދެކޮޅު މުޒާހަރާވެރިންނާ ދެކޮޅަށް ރައީސް ބައްޝާރު އަސަދު ގެންގުޅުއްވި އަނިޔާވެރި ފިޔަވަޅުތަކާ ގުޅިގެން 22 މެންބަރުންގެ އަރަބި ލީގުން ވަކި ކުރި ސީރިއާ އަލުން އެ ލީގަށް ވަދެފައިވަނީ 2023 ވަނަ އަހަރުއެވެ. އެއާއެކު އަލުން ގުޅުން ބަދަހިވެގެން ދިޔައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.8 މިލިއަން މުސްލިމުން މިދިޔަ އަހަރު މާތް ސިޓީ މައްކާއަށް ހައްޖު ދަތުރުގައި ބައިވެރިވެފައިވާއިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު ދީނީ އެއްވުމެވެ. މިއަހަރު ހައްޖު ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ހަވީރުގައެވެ.

މި ލިއުމާއި ގުޅޭ