Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަސްވެރިކަމާއި ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތަތްތަކެއް ކޮށްދެއްވި ހާފިޒް އަވަހާރަވެއްޖެ

މަސްވެރިކަމާއި ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތަތްތަކެއް ކޮށްދެއްވި އަޙްމަދު ހާފިޒް އަވަހާރަވެއްޖެއެވެ.
ހާފިޒް އަވަހާރަވީ ނުވަ އަހަރުވަންދެން ކެންސަރުގެ އާލާސްކަންކަންފުޅާ އުޅުއްވުމަށްފަހު މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗުގައެވެ. މ.ޒިޔާރަތްދޮށުގޭ ހާފިޒް އަވަހާރަވިއިރު އުމުރުފުޅަކީ 62 އަހަރެވެ.
ހާފިޒަކީ ރާއްޖޭގެ މެރިން ރިސަރޗް ސެންޓަރ އުފެދުނީއްސުރެ އެ ސެންޓަރުގައި މަސައްކަތް ކުރައްވަމުން ގެންދަވައި އެކި ކަހަލަ އިލްމީ ދިރާސާތައް ހައްދަވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ސަރުކާރުގެ މަަސްވެރިކަމުގެ ސިޔާސަތުތައް ރޭއްވެވުމުގައާއި މަސްވެރިކަމުގެ ރޮނގުން އާންމުން ހޭލުންތެރިކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ހާފިޒް ވަނީ ފިޝަރީޒް މިނިސްޓްރީގެ އިސް މަގާމުތައް ފުރުއްވައިފައެވެ.
މީގެ އިތުރުން ހާފިޒް ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ހާފިޒު ވަނީ އަޙްމަދިއްޔާ ސްކޫލުގެ ސްޕޯޓްސް ސްޕަވައިޒަރު ކަމުގެ މަގާމާއި ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.
ބާސްކެޓް ބޯލް އެސޯސިއޭޝަންގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ހާފިޒު ވަނީ އެ އެސޯސިއޭޝަނުގެ ރައީސްކަން ވެސް ކުރައްވައިފައެވެ. ކުލަބް ވެލެންސިޔާ ހިންގެވުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.
ހާފިޒު ވަނީ މަސްވެރިކަމުގެ ދާއިރާއިން ހިތްވރު ދިނުމުގެ އިނާމު ވެސް ހާސިލުކުރައްވައިފައެވެ.
މި ލިއުމާއި ގުޅޭ