ފްރާންސްގެ ހުޅަނގު ސަރަހައްދެއްގެ ސްކޫލެއްގައި 18 އަހަރުގެ ދަރިވަރަކު އޭނާގެ އިނގިރޭސި ޓީޗަރުގެ މޫނަށް ވަޅި ހަރާފައި ފިލަން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހަމަލާގެ ސަބަބުން ޓީޗަރުގެ ފުރާނައަށް ނުރައްކަލެއް ނެތް ނަމަވެސް މޫނުވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށެވެ.
ޓީޗަރުގެ ގަޔަށް ވަޅި ހަރާފައިވަނީ ލައިސީ ޑިކް ހައިރޯމް ކޮމްރިހެންސިވް ސްކޫލްގައި ކަމަށާއި، އަދި، ހަމަލާދީފައިވަނީ ފަހަތުން ހިފަހައްޓާފައި ކަމަށާއި އެއީ ކްލާސް ގަޑީގައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ހަމަލާއަށް ފަހު، ދަރިވަރު ވަނީ ކުޑަދޮރުން ނުކުމެގެން ގޮސްފައެވެ. ނަމަވެސް ފަހުން ވަނީ އޭނާ ހައްޔަރުކޮށްފައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ހަމަލާދިން ދަރިވަރު އެ ސްކޫލްގައި އުޅޭތާ ތިން އަހަރުވެފައިވާ ކަމަށާއި ހޯމަ ދުވަހު އޭނާ ސްކޫލަށް އައިސްފައިވަނީ ބަލިވެ އުޅޭތީ ސްކޫލަށް ނުގޮސް ހުރެފައި ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ހަމަލާ ދިން ވަޅި އޭނާ ގަނެފައިވަނީ މިދިޔަ ހަފުތާއެވެ.
އެ ހާދިސާ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.