Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އޮލިމްޕިކްސް އަށް ހޮވުނު ނަބާ އަށް މިނިސްޓަރު ހިތްވަރުދެއްވައިފި

ޖުލައި މަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސް އަށް ރާއްޖޭން ހޮވުނު ބެޑްމިންޓަން ކުޅުންތެރިޔާ، ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) އާ ބައްދަލުކުރައްވައި މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ހިތްވަރުދެއްވައިފި އެވެ.
ނަބާ އަކީ ބެޑްމިންޓަނުން ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ އެތުލީޓެވެ. އެންމެ ފަހުން 2020 ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައި އޮތް އޮލިމްޕިކްސްގައި ވެސް ނަބާ ވާދަކުރި އެވެ. ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި އޮލިމްޕިކްސްގައި ދެން ވާދަކުރީ 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރި މުހައްމަދު އަޖުފާން ރަޝީދު އެވެ.
މިނިސްޓަރު ރާފިއު ވަނީ އިއްޔެ ނަބާއާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެ އޮލިމްޕިކްސްގެ ތައްޔާރީޔަކާއި ގުޅޭގޮތުން ވާހަކަދައްކަވައިފަ އެވެ. އެ ބައްދަލުވުމުގައި ނަބާއާ އެއްމާބަނޑު ކޮއްކޮ އާމިނަތު ނަބީހާ (ނަބީ) ވެސް ބައިވެރިވި އެވެ. ނަބީ އަކީ ވެސް ރާއްޖޭގެ ބެޑްމިންޓަނުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
ނަބާ އަށް އޮލިމްޕިކްސް އިން ފުރުސަތު ލިބުނީ ޓްރައިޕާޓައިޓް އިންވިޓޭޝަނަލް ފުރުސަތެއްގަ އެވެ. އެއީ މިދިޔަ ހަތަރު އަހަރު ނަބާ ހޯދި ކުރިއެރުމަށް ބަލައި ލިބުނު ފުރުސަތެކެވެ.
އޮލިމްޕިކްސްގައި މިއަހަރު ރާއްޖޭން ވާދަކުރާނީ ބެޑްމިންޓަންގެ އިތުރުން ޓޭބަލް ޓެނިސް، ފެތުން އަދި އެތުލެޓިކްސްގަ އެވެ.
ޓޭބަލް ޓެނިސް އިން އޮލިމްޕިކްސްގައި ވާދަކުރާ އެތުލީޓަކަށް ހޮވުނީ ފާތިމަތު ދީމާ އަލީ އެވެ. ދީމާ ފުރުސަތު ހޯދީ ދެކުނު އޭޝިއާގެ އޮލިމްޕިކްސް ކޮލިފައިން ބުރު ކާމިޔާބުކޮށްގެންނެވެ. ދީމާ އަކީ އޮލިމްޕިކްސްގެ ކޮލިފައިންގައި ވާދަކޮށް ރާއްޖޭން ކޮލިފައިވި ފުރަތަމަ އެތުލީޓެވެ.
މި ލިއުމާއި ގުޅޭ