Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ވަކި މީހަކަށް ބިނާކޮށް ގާނޫނާއި ގަވާއިދަށް ބަދަލު ނުގެންނާނަން: ފަލާޙް

ވަކި މީހަކަށް ބިނާކޮށް ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ނުގެންނަވާނެ ކަމަށާއި މަޖިލިސްގެ ތެރެއިން ގާނޫނަކަށް އަދި ގަވާއިދަކަށް ވިޔަސް ގެންނާނީ ރައްޔިތުންނާއި ގައުމަށް ފައިދާހުރި ގޮތުގައި ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.
18 ވަނަ މަޖިލީހުގައި ވެސް މެންބަރުކަން ކުރެއްވި ފަލާޙް މިހެން ވިދާޅުވީ 20 ވަނަ މަޖިލީހުގެ މެންބަރުކަމުގެ ހުވައިކުރެއްވުމަށްފަހު ''ދެން އޮންލައިން'' އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ފަލާޙް ވިދާޅުވީ ޕީއެންސީގެ ޕީޖީ ލީޑަރުކަމުގެ މަގާމު އޭނާއާ ހަވާލުކުރެއްވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އޭނާއަށް ވަަރަށް ބޮޑު އިތުބާރެއް ކުރެއްވުމަށްފަހު ކަމަށެވެ. އަދި އަލަށް އިންތިޚާބުވެވަޑައިގެންނެވި ޕީއެންސީގެ މެންބަރުންނަކީ ގައުމީ ރޫހުގައި އަދި ރައީސް ޑރ.މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ވަރަށް ކުޅަދާނަ, ވަަރަށް އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ދޭ ވިސްނުމެއްގައި ތިއްބެވި މެންބަރުންތަކެއް ކަމަށް ފަލާޙް ވިދާޅުވިއެވެ.
''އެހެންވީމަ އަޅުގަނޑު އިރާދަކުރެއްވިއްޔާ ދަންނަވާނީ ރާއްޖޭގަ މިހާތަނަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލިސްތަކުގެ ތެރެއިން އެންމެ އުފެއްދުންތެރި އެންމެ މި ގައުމަށް ފައިދާހުރި އެންމެ ލާބަޔާއި މަންފާ ހުރި ގޮތުގަ މަސައްކަތް ކުރާނެ މަޖިލީހަކަށް މި މަޖިލިސްވެގެންދާނެ.''
އޭނާ ލީޑާޝިޕްގައި މަަސައްކަތް ކުރައްވާ އުސޫލުތަކެއް ހުންނާނެކަން ފާހަގަކުރައްވައި ފަލާޙް ވިދާޅުވީ މައްސަލައެއް އުފެދުމުގެ ކުރިން, މައްސަލައެއް ނުއުފެދޭނެ ގޮތްތަކަކަށް ވިސްނައިގެން މަސައްކަތް ކުރުމަކީ އޭނާގެ އަމާޒު ކަމަށެވެ.
''މިހާތަނަށް މި ފެނުނު މަންޒަރުތަކުން ވެއްޖެއްޔާ އަޅުގަނޑަށް %100 އެއް ނޫން %1000 ޔަގީން ﷲ އިރާދަކުރެއްވިއްޔާ އެއްވެސް މައްސަލައެއް ނެތި 2028 ގެ ރިޔާާސީ އިންތިޚާބާ ހަމައަށް މި ޕާލަމެންޓްރީ ގުރޫޕާއެކު މަސައްކަތް ކުރެވޭނެ.'' ފަލާޙް ވިދާޅުވިއެވެ.
މީގެއިތުރުން ފަލާޙް ވިދާޅުވީ ރައީސް މުޢިއްޒަކީ ގައުމަށް ޚިދުމަތް ކުރުމުގަ އެއްވެސް ސިޔާސީ ލީޑަރެއްގެ ވިސްނުން ނެތްހައި ދުރަށް އެހާ ދުރު ވިސްނުންފުޅު ހުރި އެހާ ހަލުވި ބާރު ސްޕީޑުގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން މަޖިލިސްގެ ތެރެއިން ގާނޫނަކަށް އަދި ގަވާއިދަކަށް ވިޔަސް ގެންނާނީ ރައްޔިތުންނާއި ގައުމަށް ފައިދާހުރި ގޮތުގައި ކަމަށެވެ. އަދި ވަކި މީހަކަށް އަމާޒުކޮށެއް ގާނޫނުއަސާސީއަކަށް ބަދަލެއް ނުގެންނާނެ ކަމަށާއި ބަދަލުގެންނާނީ ރާއްޖޭގެ މަސްލަހަތާ ގުޅުންހުރި މި ގައުމުގެ ރައްޔިތުންނާއި ގައުމަށް އެންމެ ލާބަޔާއި މަންފާހުރި ގޮތަކަށް ކަމަށެވެ.
ނަމަވެސް މީހުންނަށް ބިނާކޮށް ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސްފައިވާ ތަން މީގެކުރިން ފެނިފައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.
''އެ ކަންކަން ނައްތައިލާނަން އިނގޭތޯ. އެފަދަ އެއްވެސް ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަން.''
މި ލިއުމާއި ގުޅޭ