Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އެމްޑީޕީގެ ހިންގުން ހަރުދަނާކުރުމަށް ޝާހިދު އޭނާގެ އަނބިކަނބަލުންނާއި މަޝްވަރާކުރައްވައިފި

ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީޕާޓީ, އެމްޑީޕީގެ ހިންގުން ހަރުދަނާކުރުމަށް އެޕާޓީގެ ރައީސް އަބްދުالله ޝާހިދު އޭނާގެ އަނބިކަނބަލުން ޒިފްލީނާ ހަސަންއާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރެއްވި ޒިފްލީނާއާއި ޝާހިދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޕާޓީގައި އަންހެނުންގެ ދައުރު އިތުރުކޮށް އެކި ހަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރެވުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޒިފްލީނާ ވާދަކުރެއްވި ތިނަދޫ ދާއިރާގައި ޕާޓީގެ ހަރަކާތްތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޒިފްލީނާއާއި އެކު ބޭއްވުނު ބައްދަލުވުމާއިބެހޭ ގޮތުން ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިނަދޫ އުތުރު ދާއިރާގައި ޕާޓީގެ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އަނބިކަނބަލުން ޒިފްލީނާ ދެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.

ކުރީގެ މިނިސްޓަރ ޝާހިދު ޒިފްލީނާ އާއި ކައިވެނިބައްލަވައިގަތްކަމުގެ އަޑުތައް ފެތުރިފައިވަނީ ޝާހިދު އދ. ގެ ޢާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވި ދުވަސްވަރުއެވެ. އޭރު ޒިފްލީނާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ.

މި ލިއުމާއި ގުޅޭ