Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެމްއެމްސީގެ އާންމު މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ އާންމު މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ އެމްއެމްސީ) ގެ އާންމު މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ޖޫންމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މީޑިއާ ކައުންސިލުގެ އާންމު މެންބަރުކަމަށް އެދޭ ފަރާތްތަކުން އެ ދުވަހުގެ 14:00 ގެ ކުރިން ފޯމާއި ކަމާބެހޭ ލިޔެކިޔުންތައް އެ މިނިސްޓްރީ އީމެއިލް ( [email protected] ) އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެމްއެމްސީގެ އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.
ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ގޮތުން ދެ އަހަރެވެ. އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.

އާންމު މެންބަރުކަމަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއިން ނުވަތަ އިޖުތިމާއީ ސައިންސަސް ގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެއެވެ. އަދި އިޖުތިމާއީ ތަރައްގީއާއި ދުޅަހެޔޮކަމާއި ޚާއްސަ ގޮތެއްގައި ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަމަށް މަސައްކަތްކުރުން ނުވަތަ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެއެވެ.

މި ލިއުމާއި ގުޅޭ