Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ

މިއީ ގައުމެއްގެ ގޮތުގައި މުހިއްމު ނިންމުންތަކެއް ނިންމަން ޖެހިފައިވާ ދަނޑިވަޅެއް: އަބްދުއްރަހީމް

ދިވެހިރާއްޖެ މިވަގުތު އޮތީ ގައުމެއްގެ ގޮތުގައި މުހިއްމު ނިންމުންތަކެއް ނިންމަން ޖެހިފައިވާ ދަނޑިވަޅެއްގައިކަމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މަޖިލީހުގެ ރައީސްކަމާ އޭނާ ހަވާލުވެވަޑައިގަންނަވާ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ،

އަބްދުއްރަހީމް ވިދާޅުވީ ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އެކަލަވާލެވިގެން ގޮސްފައިވަނީ ގައުމަށް މުހިއްމު ދަނޑިވަޅެއްގައިކަމަށެވެ.

"މުހިއްމު އާ ސިޔާސަތުތަކަކާއެކީގައި އިންގިލަބީ ހެޔޮ ބަދަލެއް ރާއްޖެއަށް ގެނެސްދެއްވުމުގެ އިހްލާސްތެރި ވިސްނުމުގައި ދިވެހި ރައްޔިތުންގެ އުފާވެރި ދުވަސްތަކެއް ހޯދަވައިދުމުގެދިނުމުގެ އަޒުމުގައި މުޅިން އާ ބޭފުޅަކު، ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ރައިސުލްޖުމުހުރިއްޔާ ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ މަދު މަސްތެކެއްގެ ތެރޭގައި، އެހެންކަމުން މި މަޖިލިސް ވެގެންދާނީ އެމަނިކުފާނުގެ މަސައްކަތްޕުޅާއި ފިޔަވަޅު ހަމަ މަގަށް ހިނގަން ވާނެ މަޖިލީހަކަށް" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މި ދަނޑިވަޅަކީ ގައުމެއްގެ ގޮތުގައި މުހިއްމު ނިންމުންތަކެއް ނިންމަން ޖެހިފައިވާ ދަނޑިވަޅެކެވެ.

އަބްދުއްރަހީމްގެ ވާހަކަފުޅުގައި ގައުމަށް މިވަގުތު މުހިއްމުފައިވާ ކަންތައްތަކެއްފާހަގަކުރައްވާފައިވެއެވެ.

އެކަންތައްތަކަކީ:

  • - އިގްތިޞާދުގެ އަސާސްތައް ފުޅާ ކުރުން
  • - އާ މަސައްކަތްތަކާއި ފަންނުތަކާއި ވިޔަފާރިތައް އުފަން ކުރުން
  • - ފައިސާ އާ މާލީ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުން
  • - އުމްރާނީ ތަރައްގީގެ އާ ހަރުފަތްތަކެއް ރާއްޖެއަށް ތައާރަފްކުރަމުން ގެންދިއުން
  • - ވީދެމުންދަ ދިވެހީގެ އިޖުތިމާއީ ފޭރާން އަލުްނ ވިޔެ އާކުރުން
  • - މަސްތުވާތަކެތީގެ ވަބާއާ ވަރުގަދަ ހަނގުރާމައެއް ކުރުން
  • - ނުގަވައިދުން ބިދޭސީން ރާއްޖެއަށް ވަންނަ ދޮރުތައް ބަންދުކުރުން
  • - ގާނޫނުގެ ވެރިކަން ނެގެހެއްޓުން
  • - ޝަރުއީ ދާއިރާގެ މިނިވަންކަން ކަޝަވަރުކުރުން
  • - މަޖިލީހުގެ އަބުރާ ކަރާމާތް ހިފެހެއްޓުން

އޭނާ ވިދާޅުވީ މިއީ މަޖިލީހުގެ ތެރޭގައި ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާކޮށް ބަހުސްކޮށް ސަރުކާރާއެކު މަސައްކަތްކޮށް ގޮތް ނިންމަން ޖެހޭ ކަންތައްތަކެއްކަމަށެވެ.

"އާ ގާނޫނުތައް ތައާރަފްކޮށް ހުރި ގާނޫނުތައް ބަލައިލާ އަލުން އިސްލާހުކޮށް އަމަލުކުރަމުންދާ ބައެއް ގާނޫނުތަކުގެ ތެރެއިން ވަގުތާ ފައި ހަމަ ނުވާ ބައެއް ގާނޫނުތައް އުވާލައިގެން، ގާނޫނުތަކުގެ އިތުރުން އަޅުގަނޑުމެންގެ ތެރޭގައި ހަދައި ހިންގާ ގަވައިދުތައްވެސް ގާތުން ބަލާ އެއީ ގާނޫނުން ބާރު ލިބިގެން ޣާނުނުގެ ދާއިރާގެ ތެރެއިން ހަދާ ހިންގާ ގަވައިދުތަކެއްކަން ކަޝަވަރުކުރަން ޖެހޭ، ގާނޫނުން ބޭރުގައިހުރި ގަވައިދުތައް ގާނޫނުގެ ތެރެއަށް ވައްދަން ޖެހޭ ނުވަތަ ދޫކޮށްލަން ޖެހޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކޮނޑު އަޅަނީ ބޮޑު ބިޔަ ބުރަ މަސައްކަތެއް"
އަބްދުއްރަޙީމް ޢަބްދުﷲ| ރައްޔިތުން މަޖިލީހުގެ ރައީސް
އަބްދުއްރަހީމް ވިދާޅުވީ ކަންކަމާމެދު މަޝްވަރާއާ ބަހުސްކޮށް ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ނިންމަމުން ދިއުމުގައި މިޙާރު އޮތް 20 ވަނަ މަޖިލިސް ވަރުބަލިވުމެއް ނެތި ދެމި އޮންނާނެކަމާމެދު އޭނާ ޝައްކު ނުކުރައްވާކަމަށެވެ.

"މި މަޖިލީހަށް ތި މެންބަރުން ތި ވަޑައިގަތީ ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ އިހްލާސްތެރި ނިޔަތުގައި އެ ބޭނުމުގައި، މި މަޖިލީހުގައި ޖޯޝާއި ފޯރިއާއެކު ގައުމުގެ ހައްގުގައި ވަކާލާތު ކުރައްވާ މަސައްކަތް ކުރެއްވުމަށް ހިތާއި ރޫހުން އަޒުމް ކަނޑައަޅުއްވައިގެން" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ