Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ރަފަހް ހަމަލާތަކާ ގުޅިގެން ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް

އިސްރާއީލްގެ ސިޙްޔޫނީ ސިފައިން ރަފަހް ސިޓީއަށް ދެމުންދާ ލާއިންސާނީ ރަހުމުކުޑަ ހަމަލާތަކާގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާވަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެ ބައްދަލުވުން ބޭއްވުމަށް އެދިފައިވަނީ އަލްޖީރިއާއިންނެވެ. އަލްޖީރިއާއަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ގައުމެއް ނޫނެވެ.

އިސްރާއީލުން ރަފަހް ސިޓީއަށް ހަމަލާދިނުން ވަގުތުން ހުއްޓައިލުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އިން އަމުރުކުރީ މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް، އެ އަމުރަށް ބެލުމެއްނެތި، އިސްރާއީލުން ވަނީ ރަފަހަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ.

އެގޮތުން، އިސްރާއީލުން އިއްޔެ ރޭ ވަނީ ރަފަހަށް ވަރުގަދަ ހަމަލާއެއްދީ އެތައް އާއިލާއެއް ދިރި ތިއްބާ އަންދައިލައިފައެވެ. ހަމަލާދީފައިވަނީ ރަފާހުގެ ހުޅަނގުގައި ގެދޮރުގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ޓަލް އައްސުލްތާނުގައި ހުންނަ ބްރިކްސް ކޭމްޕަށެވެ.

އެ ހަމަލާ ދީފައިވަނީ އަށެއް ނުވަތަ 10 ވަރަކަށް ގޮވާ ޒާތުގެ ތަކެތި ބޭނުން ކޮށްގެންނެވެ. ހަމަލާ ދިނުމާ އެކު އެ ތަނުގައި އަލިފާން ރޯވެ، އަލިފާންގަނޑު ފެތުރުނެވެ. އަދި، އެ ތަނުގައި ނިދާފައި ތިބި އެތައް ބައެއްގެ ގައިގައި ރޯވިއިރު، އެ މީހުން ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ރަފަހުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް އިސްރާއީލުން ދިން ހަމަލާގައި 45 މީހުން ޝަހީދުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 36،000 އަށްވުރެ ގިނަމީހުންވަނީ ޣައްޒާއިން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މި ލިއުމާއި ގުޅޭ