ކެތަރިން ބުނެފައިވަނީ ފަލަސްތީނުގެ ޣައްޒާގެ ރަފަހްގައި އެއްވެސް ކުށެއް ނެތް ތުއްތު ކުދިންތައް އަލިފާނުގައި އަދަމުންދާ މަންޒަރުތައް ފެނިފައިވާ ކަމަށާއި އެ މަންޒަރުތަކަކީ އެއްވެސް އިންސާނަކަށް ބަލަން ފަސޭހަވާނެ މަންޒަރުތަކެއް ނޫން ކަމަށެވެ. ޔަހޫދީން ރޭގައި ވަނީ ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް ވަރަށް ވަރުގަދަ އަށް ހަމަލާދީ އެތައް އާއިލާއެއް ދިރިތިއްބާ އައްދާލާފައެވެ.
" ޣައްޒާ އަށް ދެމުންދާ ހަމަލާތައް އިސްރާއީލުން މިހާރުން މިހާރަށް ހުއްޓާލަން އެބަ ޖެހޭ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން އަދި ހަމާސް އިން ވެސް އެއްވެސް ޝަރުތަކާއި ނުލައި އަސީރުންތައް ދޫކޮށްލަން ޖެހޭ. ޣައްޒާ އިން ޝަހީދުވަމުންދާ ކުޑަކުދިންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އެ ދަނީ އިތުރުވަމުން. މި އަނިޔާވެރިކަން ނިމެން އެބަ ޖެހޭ" މީސް މީޑިއާގެ ޕުލެޓްފޯމެއް ކަމަށްވާ އެކްސްގައި ކެތަރިން ރުސެލް ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް ރޭގައި ވަނީ ވަރަށް ވަރުގަދަ އަން ބޮން އަޅައި އެތައް ބަޔަކު ދިރިތިއްބާ އަންދާލާފައެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހިންގި މި އަނިޔާވެރި އަމަލު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ދަނީ ކުށްވެރި ކުރަމުންނެވެ.
ރަފަހްއަށް އާދިއްތަ ދުވަހު އިޒްރޭލުން ދިން ރޮކޮޓްހަމަލާތަކާއި، ބޮން އެޅުމުގެ ސަބަބުން ރަފަހްގައި ބޯހިޔާވަހިކަން ހޯދަމުންދިޔަ ރެފިއުޖީކޭމްޕެއްގައި ހުރި ފޭލިގެތަކެއްގައި ވަނީ ރޯވެފައެވެ.
މީހުން ސަލާމަތްކުރާ ޓީމްތަކުން ބުނީ އެހަމަލާގައި އެތައް ކުދަކުދިންނެއް ދިރިތިއްބާ އަނަދައިގެން ދިޔަތަން ފެނުނު ކަމަށެވެ.