ކުރިއަށް އޮތް ރައްޔިތުނގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މަޤާމަުތަކަށް މެންބަރުން އައްޔަންކޮށްފިއެވެ.
މިގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރަކަަށް އިންތިޚާބުކޮށްފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.
ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި 2 މެންބަރަކު ވަނީ އިންތިޚާބުކޮށްފައެވެ. އެދެމެންބަރުންނަކީ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުއާއި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީއެވެ.
ޕީޖީ ގްރޫޕްގެ އިތުރު މަޤާމްތަކަށްވެސް މިއަދު މެންބަރުން އިންތިޚާބުކޮށްފައިވާކަން އެމްޑީޕީން ވަނީ އިޢުލާންކޮށްފައެވެ. މިގޮތުން,
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް,
ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު,
ޗީފް ވިޕްގެ މަޤާމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު އަދި
ވިޕް އަކަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު ވަނީ ހޮވާފައެވެ.
އިދިކޮޅު ޕާޓިއެއްގެ ގޮތުގައި ހަރަކާތްތެރިވާ އެމްޑީޕީއަށް މަޖިލިސް އިންތިޚާބުގައި ކާމިޔާބުކުރެވިފައިވަނީ އެންމެ 12 ގޮނޑިއެވެ.