Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

މިއަހަރުގެ މިހާތަނަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

މިއަހަރުގެ މިހާތަނަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިނިސްޓްރީން މިމަޢުލޫމާތު ހިއްސާކުރީ ވޭތުވެދިޔަ 6 މަސްދުވަހު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާއާއި ހިއްސާކުރުމަށް މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"ދަނޑުވެރި ނަފާ" ގެ ނަމުގައި އެސްޑީއެފްއާއި ގުޅިގެން ކުރިއަށްގެންދާ މިލޯނު ސްކީމުގައި އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް ލޯނުދޫކޮށްފައިވާކަމަށާއި. މިގޮތުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އަމިއްލަ ފަރުދުންނަށް 4 މިލިއަން ރުފިޔާ، އަދި ވިޔަފާރިތަކަށް 8 މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަން ކުރިއެރުވުމަށް މިނިސްޓްރީން ކިުރައްވަމުން ގެނަދަވާ މަސައްކަތްތައް ފާހަގަކުރައްވަމުން ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީތަކާ އެކު ދަނޑުވެރިކަން ކުރަން ސަރުކާރުން ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

ހައިޑްރޯޕޯނިކްސް ފާމިންއާއި ވާޓިކަލް ފާމިންގެ ތަމްރީން ޕްރޮގްރާމްތަކާއި އެހީތެރިކަން ރާއްޖޭގެ އެކި ސަރަހައްދުގެ ދަނޑުވެރިންނަށް ފޯރުކޮށްދެމުންދާކަމަށެވެ.

ފިޝަރީޒް މިނިސްޓްރީއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިވަގުތު ރާއްޖޭގައި 7،600 ދަނޑުވެރިން އެބަތިއްބެވެ. އޭގެތެރެއިން 55 އިންސައްތައަކީ އަންހެނުންނެވެ.

މި ލިއުމާއި ގުޅޭ